ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވޭ: މެޓް އޮފީސް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގާ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށްއުދަ އެރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ބުނީ އުތުރުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާނެކަމަށް ލަފާކުރެވެނީ މިއަދު ހެނދުނު 10:02 އާއި މިރޭ 10:02ގައި ކަމަށެވެ. އަދި މެދުރާއްޖެތެރޭގެ ރަށްތަކަށް ދިޔަވަރު ބޮޑުވާނީ މެންދުރު 11:32 އާއި މިރޭ 11:36 ހާއިރުކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާނެކަމަށް ލަފާކުރެވެނީ މެންދުރު 12:08 ހާއިރު ކަމަށްވެސް އެ އޮފީހުން އެ އޮފީހުން ބުނެފައިވާ އިރު، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަށް ހުރިހާ ފަރާތްތަކުންވެސް އަދި ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި އެގޮތުން ވައިޖެހޭނީ ހުޅަނގާއި ހުޅަގުއުތުރުން މެދުތެރެއާއި ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.

އުތުރުގެ ހިސާބުތަކުގައި ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެބާރުމިނުގައި ވައި ޖެހޭނެކަމަށް ލާފާކޮށްފައިވާ އިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލާ 50 މޭލުގެދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. އަދި ރާއްޖޭގެ އެންމެ އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށާއި ރާއްޖޭގެ އެހެން ހިސާބުތަކުގެ ކަނޑުތައް ޢާންމުގޮތެއްގައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.