ވޯޓުލުން މިރޭ 7 ޖަހަންދެން ކުރިއަށް ގެންދިއުމަށް ނިންމައިފި

މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިރޭ 7 ޖަހަންދެން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިގޮތަށް ނިންމީ މިއަދު ހެނދުނު ވޯޓުލާން ފެށީއްސުރެ، ގިނަ ޢަދަދެއްގެ މީހުން ކިޔޫގައިޖެހި ވޯޓުލާންގޮސް ތިބުމުން ކަމަށާއި ވީހާވެސް ގިނަ މީހުންނަށް އެ ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި އެގޮތަށް ނިންމީ ކޮމިޝަންގެ ޚާއްޞަ ޖަލްސާއަކަށް ފަހު ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެ ކޮމިޝަނުން ބުނީ ކުރީ އަހަރުތަކާއި ޚިލާފަށް މިއަހަރުގެ އިންތިޚާބުގައި ލިބުނު ތަރުހީބު ބޮޑު ކަމަށާއި އެގޮތުން މެންދުރު 1230 އާހަމައަށް ލައްކައަށް ވުރެ ގިނަ މީހުން ވޯޓު ލާފައިވާ ކަމަށެވެ. އަދި މިއީ ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ 262،135 މީހުންގެ ގާތްގަނޑަކަށް 42 އިންސައްތަ ކަމަށްވެސް އީސީ އިން ބުންޏެވެ.

އީސީގެ މެމްބަރު އިސްމާއިލް ޙަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވޯޓު ލުމުގެ މަސައްކަތް އެހާ ބާރަށް ކުރިއަށް ނުގެންދެވޭތީ އެކަމަށްޓަކައި މަޢާފަށް އެދިވަޑައިގަންނަވާ ކަމަށާއި ވޯޓު ލާން އޮތް ޝައުގުވެރިކަމާއި ކެތްތެރިކަމަށް ޝުކުރު ދަންނަވާ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.