ޗެމްޕިއަންސް ލީގު: ޔުވެންޓަސް މޮޅުވިއިރު ރޮނާލްޑޯއަށް ރަތެއް

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ސްޕެއިންގެ ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ވަރަށް ކުރީ ކޮޅު އެޓީމުގެ ތަރި ކްރިސްޓިއާނޯީ ރޮނާލްޑޯ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިނަމަވެސް ޔުވެންޓަސް މޮޅުވެއްޖެއެވެ.

ރޭ 10 ކުޅުންތެރިންނާއި އެކު ކުޅުނު ޔުވެންޓަސްއިން ވެލެންސިއާގެ މައްޗަށް ކުރި ހޯދާފައިވަނީ 0-2 ގެ ނަތީޖާއިންނެވެ.
ވެލެންސިޔާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ޔުވެންޓަސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ކުރީކޮޅު އެޓީމުގެ ސެމީ ކެދީރާ އަދި މާރިއޯ މަންޒުކިޗް އަށް ވަނީ ލީޑު ނަގާނެ ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި ދެ ފުރުސަތަށްފަހު ވެސް ލީޑު ނަގަން ޔުވެންޓަސް އިން މަސައްކަތް ކުރަމުން ދަނިކޮށް އެޓީމަށް މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 29 ވަނަ މިނެޓްގައި އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ރޮނާލްޑޯ އަށް ރަތްކާޑު ދެއްކުމުންނެވެ. ރޮނާލްޑޯ އަށް ރަތްކާޑު ދައްކާފައިވަނީ ބޯޅަ ނެތީސް ވެލެންސިޔާގެ ކުޅުންތެރިއަކަށް ހަމަލާދިން ކަމަށް ބުނެއެވެ. މި ރަތްކާޑާ އެކު ރޮނާލްޑޯއަށް ހިއްދަތިކަން ގެނުވިއިރު، އޭނާ ދަނޑުން ފޭބީވެސް ރޮމުންކަން ފާހަގަކޮށްލެވެއެވެ. މި މެޗުގައި ރޮނާލްޑޯއަށް ރަތްކާޑު ދައްކާފައިވާއިރު، ގްރޫޕް ސްޓޭޖުގައި ކުރިޔަށް އޮތް ދެމެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. އެއީ ޔަންގް ބޯއީސްއާ ދެކޮޅަށް ކުޅޭ މެޗާއި ކުރިގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭމެޗެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

10 ކުޅުންތެރިންނާ އެކު މެޗުގެ ބޮޑުބައި ޔުވެންޓަސް އިން ފުރިހަމަކުރަން ޖެހުނުއިރު ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީ އަކުން މިރާލެމް ޕިޔާނިޗް ވަނީ ޔުވެންޓަސް އަށް ލީޑު ނަގާދީފައެވެ. މި ޕެނަލްޓީ ޔުވެންޓަސް އަށް ލިބުނީ ޔުވެންޓަސްގެ ކަންސެލޯ އަށް ވެލެންސިޔާގެ ކެޕްޓަން ޕަރޭހޯ ކުރި ފައުލަކާ ގުޅިގެންނެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުވެންޓަސް އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު އެޓީމަށް ވަނީ އިތުރު ޕެނަލްޓީ އެއް ލިބިގެން ގޮސްފައެވެ. މި ޕެނަލްޓީ ވެސް ކާމިޔާބުކޮށް ޔުވެންޓަސްގެ ލީޑު ފުޅާކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ޕިޔާނިޗްއެވެ. މި ގޯލަށްފަހު ވެސް މި ހާފުގައި އިތުރު ފުރުސަތުތަކެއް ޔުވެންޓަސް އިން ތަނަވަސް ކުރިއިރު މެޗުގެ ފަހު މިނެޓްގައި ވެލެންސިޔާ އަށް ވެސް ޕެނަލްޓީއެއް ލިބިފައިވެއެވެ. ނަމަވެސް ޕަރޭހޯ ފޮނުވާލި އެ ޕެނަލްޓީ ޔުވެންޓަސްގެ ކީޕަރު ޝެޒްނީ ވަނީ ދިފާއުކޮށްފައެވެ.

ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ހިމެނެނީ ގްރޫޕް އެޗްގައި ކަމަށްވާއިރު، މި ގްރޫޕްގައި ވެލެންސިޔާގެ އިތުރުން ދެން ހިމެނެނީ މެންޗެސްޓަރ ޔުނައިޓެޑާއި ޔަންގް ބޯއީސްއެވެ. މި ގްރޫޕްގައި ޔުވެންޓަސް ދެން ބައްދަކުރާނީ ޔަންގް ބޯއީސްއާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.