ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އިންޓާރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކުރުނބާ މޯލްޑިވްސްއާއި ޖެންޑަރ މިނިސްޓްރީއާ ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކުރުނބާ މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކުރުނބާ މޯލްޑިވްސްގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ މިސްޓަރ ރިޒައިދް މަޖުސްކީއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލާ ލީޝާ މުޙައްމަދުއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އެމް.އޯ.ޔޫގެ ދަށުން ކުޑަކުދިންގެ ހިޔާގެ 16 އަހަރުން މަތީގެ ކުދިންގެ ތެރެއިން މަދުވެގެން 2 ކުއްޖަކު ކޮންމެ އަހަރަކު ކުރުނބާ މޯލްޑިވްސްގެ އެކި ޑިޕާޓުމެންޓުތަކުގައި 1 އަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ކުދިންގެ ތެރެއިން، ހޮސްޕިޓަލިޓީ އަދި ޓޫރިޒަމްގެ ދާއިރާއިން ކުރިއަށް ދާން ޝައުޤުވެރިވާ ކުދިންގެ ހުނަރާއި ޤާބިލުކަމަށް ރިޢާޔަތްކޮށް، ކުރުނބާ މޯލްޑިވްސްގައި ނުވަތަ މި ދާއިރާއާ ގުޅުންހުރި އެހެން ތަނެއްގައި ވަޒީފާ އަދާކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި އަނަންތާރާ މޯލްޑިވްސްއާއެކު ވެސް މި ފަދަ އެމް.އޯ.ޔޫ.އެއްގައި މިނިސްޓްރީން ވަނީ ސޮއިކޮށްފައެވެ. މި އެމް.އޯ.ޔޫގެ ދަށުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ދެ ކުދިން މި ވަގުތު އަންނަނީ މި ދެ ރިސޯޓުގައި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.