ޑޮގްލަސް ކޮސްޓާ ހަތަރު މެޗަށް ސަސްޕެންޑްކޮށްފި

އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ ޑަގްލަސް ކޮސްޓާ ހަތަރު މެޗަށް ސަސްޕެންޑްކޮށްފިއެވެ.

ކޮސްޓާ 4 މެޗަށް ސަސްޕެންޑް ކުރީ އެންމެ ފަހުން ސަސުއޯލޯ ބައްދަލުކުރި މެޗުގައި ސަސުއޯލޯގެ ކުޅުންތެރިއެއްގެ މޫނަށް ކުޅުޖެހި މައްސަލައިގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ
އިޓަލީގެ ފުޓްބޯޅަ އިދާރާ އިން ކޮސްޓާ ހަތަރު މެޗަށް ސަސްޕެންޑްކޮށްފައިވާއިރު، އޭނާއަށް ރެފްރީ ވަނީ އެ އަމަލާއި ގުޅިގެން ރަތްކާޑުވެސް ދައްކާފައެވެ.

ހަތަރު މެޗަށް ސަސްޕެންޑް ކުރުމުން އިޓާލިއަން ލީގުގައި ފްރޮސިނޯނޭ އައި ބޮލޯންޔާ އާއި ނަޕޯލީގެ އިތުރުން އުދިނޭސީއާ ދެކޮޅަށް ޔުވެންޓަސް އިން ކުޅޭ މެޗުތަކުގައި ކޮސްޓާ އަށް ނުކުޅެވޭނެއެވެ. އެހެން ނމަވެސް އޭނާއަށް ޗެމްޕިއަންސް ލީގުގެ މެޗުތަކުގައި ކުޅެވޭނެއެވެ. ކޮސްޓާ ސަސްޕެންޑް ކޮށްފައިވަނީ ހަމަ އެކަނި ސެރިއާ އޭގެ މެޗުތަކަށެވެ.

އިޓާލިއަން ލީގުގެ ހަތަރު މެޗަށް ކޮސްޓާ ސަސްޕެންޑް ކުރިއިރު ޗެމްޕިއަންސް ލީގުގައި މިރޭ ވެލެންސިޔާއާ ދެކޮޅަށް ޔުވެންޓަސް އިން ކުޅޭ މެޗުގައި ކޮސްޓާ ކުޅޭނެ ކަމަށް ބެލެވެއެވެ.

އިޓާލިއަން ލީގުގައި މިހާތަނަށް ހަތަރު މެޗު ޔުވެންޓަސް އިން ކުޅެފައިވާއިރު އެޓީމު އޮތީ 12 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗަށް ޔުވެންޓަސް ނުކުންނާނީ ސްޕެއިންގެ ވެލެންސިއާއާ ދެކޮޅަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.