ގައުމީ ޓީމަށް މަރުހަބާ ކިޔަން އަންގާރަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަން ނިންމަވައިފި

އަވައްޓެރި ބަނގުލަދޭޝްގެ ޑާކާގައި އިއްޔެނިމިގެންދިޔަ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ހޯދުމާ ގުޅިގެން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން އަންނަ އަންގާރަ ދުވަަސް ބަންދުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުން މިއަދު އާއްމުކުރެއްވި ބަޔާނެއްގައެވެ.

ސާފް ސުޒުކީ ކަޕްގެ ފައިނަލް މެޗުގައި އިއްޔެ އިންޑިޔާގެ ޤައުމީ ޓީމާ ވާދަކޮށް ރާއްޖެއިން ޗެމްޕިއަންކަން ހޯދާފައިވަނީ 2-1 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއީ މިމުބާރާތުގެ ތަށި ރާއްޖެއިން ކާމިޔާބުކުރި 2 ވަނަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. މި ކާމިޔާބީއާއި ގުޅިގެން ރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލް ްައްޔޫމް ވަނީ ޤައުމީ ޓީމުގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީއަށް ފޯނުން ގުޅުއްވައި ޓީމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މެޗުގެ ކުރިންވެސް އެމަނިކުފާނު ވަނީ ފޯނުން ގުޅުއްވާ ގައުމީ ޓީމަށް ހިތްވަރުވެސް ދެއްވައިފައެވެ.

މިއީ ރާއްޖޭގެ ގައުމީ ޓީމުން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރަށް ވާއިރު، މި މުބާރާތް ރާއްޖެ އިން އެންމެ ފުރަތަމަ ކާމިޔާބުކޮށްފައިވަނީ 2008 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.