
ހައުސިންގ މިނިސްޓްރީގެ ލޭބަރ ކްއާޓަރގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހައުސިންގ މިނިސްޓްރީގެ ލޭބަރ ކްއާޓަރގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 03:08 ހާއިރު ކަމަށާއި އެވަގުތުން ފެށިގެން އަލިފާން ނިއްވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ.
އެ އިދާރާއިން ބުނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓޯޔާޑާއި އިންވެގެން ހުންނަ ހައުސިންގ މިނިސްޓްރީގެ ލޭބަރ ކްއާޓަރގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ފަތިހު 03:38 އެހާކަންހާ އިރު ކަމަށެވެ.
މި ހާދިސާގައި ޓޯޔާޑަށްވެސް އަސަރުކޮށްފައިވާ ކަމަށާއި ލޭބަރ ކްއާޓަރއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ. އަދި ލޭބަރ ކްއާޓަރގައި ނިދާފައިތިބި 4 ބިދޭސީއަކަށް އަނިޔާވެގެން މޯލްޑިވްސް ރެޑް ކްރެސެންޓުގެ އެހީގައި އައިޖީއެމް ހޮސްޕިޓަލުން ފަރުވާދީފައިވާ ކަމަށްވެސް ބުންޏެވެ.
މި ހާދިސާ ހިނގަންމެދުވެރިވި ސަބަބު މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިހާރުއަންނަނީ ތަޙުޤީޤު ކުރަމުންނެވެ.



