ސާފް ސުޒުކީ ކަޕް 2018: ރާއްޖެ އަދި ނޭޕާލް ބައްދަލުކުރާ ސެމީފައިނަލް މެޗު މިއަދު

މިހާރު އަވަށްޓެރި ބަނގުލަދޭޝްގައި ކުރިޔަށްދާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕްސްޓޭޖް ނިމި ސެމީފައިނަލް މެޗުތަށް މިއަދު ކުޅޭނެއެވެ.

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ދެ މެޗުވެސް  ކުޅުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ. އެގޮތުން ސެމީފައިނަލްގެ ފުރަތަމަ  މެޗު ކުޅޭނީ މިއަދު ރާއްޖޭ ގަޑިން މެންދުރު ފަހު 3:00 ޖަހާއިރުގައެވެ. އަދި ދެވަނަ ސެމީފައިނަލް މެޗު ކުޅޭނީ މިއަދު ރާއްޖޭ ގަޑިން 6:00 ޖަހާއިރުގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން މިއަދު މެންދުރު ފަހު 3:00 ގައި ކުޅޭ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި  ބައްދަލުކުރާނީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލަށް ދިޔަ ދިވެހިރާއްޖެއާއި ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލަށް ދިޔަ ނޭޕާލެވެ.

ރާއްޖޭ ގަޑިން ހަވީރު 6:00 ގައި ކުޅޭ ސެމީފައިނަލް ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ ހޯދައިގެން ސެމީއަށް ދަތުރުކުރި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމުގައިވާ އިންޑިޔާ އަދި ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި ޕާކިސްތާނެއެވެ.

މި މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗަކީ ރާއްޖެއާއި ނޭޕާލް ބައްދަލުކުރާމެޗަށް ވާއިރު، މި ދެޓީމާ ގުޅޭ މައުލޫމާތު ކޮޅެއް ހިއްސާކޮށލުމަކީ މުހިންމުކަމެއްމ ކަމުގައި ދެކެމެވެ.

ދިވެހިރާއްޖެ – ނޭޕާލް

ސްޓޭޑިއަމް: ސުގަތަދާސާ ސްޓޭޑިއަމް، ޑާކާ

ގަޑި: 1500 (ރާއްޖެ ގަޑި)

ދިވެހި ރާއްޖެ ސެމީއަށް ދަތުރު ކުރި ގޮތް

ސާފް ސުޒުކީ ކަޕް 2018 ގެ ސެމީފައިނަލުން ރާއްޖެ އަށް ފުރުޞަތު ލިބުނީ އަވައްޓެރި ސްރީ ލަންކާއާ ދެކޮޅަށް ކުޅެ 0-0 ގެ ނަތީޖާއިން އެއްވަރުވެ އިންޑިޔާއާ ދެކޮޅަށް ކުޅުނު މެޗުން 0-2 އިން ބަލިވެގެން، ޕޮއިންޓުގެ ގޮތުންނާއި ބައިކޮޅަށް ވަތް ގޯލުގެ ގޮތުންވެސް ސްރީ ލަންކާއާ އެއްވަރުވެ ގުރުއަތު ނަގައިގެން ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ރާއްޖެ ކުޅުނު މެޗުތަކުގެ ނަތީޖާތަށް

ރާއްޖެ – ސްރީ ލަންކާ  ( 0-0 )

ރާއްޖެ – އިންޑިޔާ  (0-2 )

ލިބުނު ޕޮއިންޓް: 1

ޖެހި ގޯލު: ނެއް

ބައިކޮޅަށް ވަތް ގޯލު: 2

 

ނޭޕާލް ސެމީއަށް ދަތުރުކުރި ގޮތް

ސާފް ސުޒުކީ ކަޕް 2018 ގެ ސެމީއަށް ނޭޕާލް ދަތުރުކުރީ އެޓީމު ހިމެނޭ ގްރޫޕް އޭގައި ކުޅުނު ތިން މެޗުގެތެރެއިން ތެރެއިން ދެ މެޗުން މޮޅުވެ  ޖުމްލަ 6 ޕޮއިންޓާއެކު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ނޭޕާލް ކުޅުނު މެޗުތަކުގެ ނަތީޖާތަށް

ނޭޕާލް – ޕާކިސްތާން ( 1-2 )

ނޭޕާލް – ބަނގުލަދޭޝް (2-0 )

ނޭޕާލް – ބޫޓާން (4-0 )

ލިބުނު ޕޮއިންޓް: 6

ޖެހި ގޯލް: 7

ބައިކޮޅަށް ވަތް ގޯލު: 2

 

ރާއްޖެ އަދި ނޭޕާލް ގެ ކުރީގެ ބައްދަލުކުރުންތަށް

ދިވެހިރާއްޖެ އާއި ނޭޕާލް މީގެ ކުރިން 14 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެ ތެރެއިން 7 ފަހަރު ނޭޕާލް މޮޅުވެފައިވާއިރު، ރާއްޖެ އަށް މޮޅުވެވިފައިވަނީ އެންމެ 4 ފަހަރުއެވެ. އަނެއް 4 މެޗު ނިމިގެންގޮސްފައިވަނީ އެއްވަރުވެގެންނެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2012 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. މި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބުކޮސްފައިވަނީ ރާއްޖެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.