
ބްރިޖު ޢާންމުކޮށް ހުޅުވާލުމާއެކު، ބޮޑު ތަރުހީބެެއް…
ސިނަމާލެ ބްރިޖު ޢާންމުކޮށް ހުޅުވާލުމާއެކު، ބްރިޖަށް އެރުމަށް ދިގު ކިޔޫއެއް ހަދައިފިއެވެ.
ދިވެހިންގެ އުއްމީދުތަކާއިގުޅިފައިވާ ރާއްޖޭގެ ތަރައްޤީގެ ނާރެހެއްކަމަށްވާ ސިނަމާލެ ބްރިޖު ޢާންމުންނަށް ހުޅުވާލީ މިއަދު ހަވީރުއެވެ.
ބްރިޖުގައި ދުއްވާލާ، ހިނގާލަން ބޭނުންވާ އެތައްބައެއް ބްރިޖަށް އެރުމަށް ހަދާފައިވާ ކިޔޫ ޓަސްކަލޫސާ އާހަމައަށް ވަނީ ދިގުދެމިގެންގޮސްފައެވެ.
އެތައް އަހަރުތަކެއް ވަންދެން ދިވެހިން ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށްވުމުން އެތައްބަޔަކު ތިބީ އުފަލުންނެވެ. އަމިއްލަ ޤައުމުގައިވެސް ބްރިޖެއް އެޅި، ނުވާނޭކަމަށް އެތައްބަޔަކު ބުނަމުންދިޔަ ކަންތައް އަމިއްލައަށް ތަޖުރިބާކޮށްލަން ލިބުނީމައެވެ.



