ޓީއެފްޖީ ބޮޑުހާފުގައި ބައިވެރިވުމަށް ހުޅުވާލައިފި

ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން މިއަހަރު ބޭއްވުމަށް ނިންމާފައިވާ ބޮޑުހާފުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެޓޯލްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޓީއެފްޖީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މިސްތޯ ވިދާޅުވީ މި ދުވުން އޮންނާނީ މިއަހަރުގެ ނޮވެމްބަރ މަހުގެ 10 ވާ ހޮނިހިރު ދުވަހު ހުޅުމާލޭގައި ކަމަށެވެ. އަދި މިއީ 5 ކިލޯ މީޓަރ، 10 ކިލޯ މީޓަރ އަދި 21 ކިލޯމީޓަރގެ ދުވުން ހިމެނޭ އިވެންޓެއް ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

”މީގަ އަޅުގަނޑުމެން ހިމަނާފަ މިއޮތީ 3 ކެޓަގަރީއެއް. އެއީ 5، 10 އަދި 21 ކިލޯ މީޓަރ. އެމީހަކު ބޭނުން ކެޓަގަރީއެއްގަ ބައިވެރިވެ ދުވެވިދާނެ. މިބުނީ ހަމައެކަނި 5 ކިލޯ މީޓަރ ދުވަން ބޭނުންވާ މީހާ ހަމައެކަނި 5 ކިލޯމީޓަރުގައި ދުވެވިދާނޭ“ މިސްތޯ ވިދާޅުވިއެވެ.

މިސްތޯ އިތުރަށް ވިދާޅުވީ މި އިވެންޓުގެ ޗެލެންޖަކީ އެ ހުރިހާ ކެޓަަގަރީއެއްވެސް ފުރިހަމަކުރުން ކަމަށެވެ. އަދި ކޮންމެ ކެޓަގަރީއެއް ނިންމުމުންވެސް މެޑެލް ލިބޭނެ ކަމަށާއި އެހެންނަމަވެސް ’ބޮޑުހާފު‘ މެޑެލް ނުވަތަ ޝަރަފް ލިބޭނީ ހުރިހާ ކެޓަގަރީއެއް ނިންމާ ފަރާތްތަކަށް ކަމަށެވެ.

މި އިވެންޓުގައި ބައިވެރިކުރުމަށް ނިންމާފައިވަނީ 100 މީހުން ކަމަށާއި އެހެންވެ ވީހާވެސް އަވަހަކަށް ރެޖިސްޓްރީވުމަށް ޓީއެފްޖީ އިން އެދެއެވެ.

މި އިވެންޓުގައި ރެޖިސްޓްރީވުމަށް ހަމަޖެހިފައިވަނީ www.gotorace.com/event/bodu-haaf މެދުވެރިކޮށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.