ގްރޫޕް ބީގެ ފުރަތަމަ މެޗު އިންޑިއާއިން ކާމިޔާބުކޮށްފި

ބަންގްލަދޭޝްގެ ދާކާގައި މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕްގައި، ގްރޫޕް ބީގައި މިއަދު ކުޅުނު ފުރަތަމަ މެޗު އެންމެފަހުގެ ޗެމްޕިއަން އިންޑިއާއިން ކާމިޔާބުކޮށްފިއެވެ.

ލަންކާއާ ދެކޮޅަށް ކުޅުނު މި މެޗު އިންޑިއާއިން ކާމިޔާބު ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މެޗު ފެށިގެންވެސް ރަނގަޅު ކުޅުމެއް ދައްކަމުން ދިޔައީ ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ އިންޑިޔާއިންނެވެ. މިފަހަރުގެ މި މުބާރާތަށް އިންޑިޔާއިން ކުރިމަތިލާފައިވަނީ ވަރަށް އާ ޒުވާން ކުޅުންތެރިންތަކަކާއި އެކުގައެވެ. އެގޮތުން މިދިޔަ އަހަރު އެޓީމަށް މުބާރާތް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި، ކެޕްޓަން ސުނިލް ޗެތުރީވެސް މިފަހަރުގެ ސްކޮޑުގައި ނުހިމެނެއެވެ.

މެޗު ފެށިގެން ފުރަތަމަ 10 ވަރަކަށް މިނެޓް ތެރޭގައިވެސް ސްރީލަންކާގެ ގޯލަށް އިންޑިޔާއިން ދިޔައީ ނުރައްކާ ކުރަމުންނެވެ. އެގޮތުން ސްރީލަންކާގެ ގޯލަށް މެޗުގެ ކުރީކޮޅުގައި ދިން ހަމަލާތަށް ދިފާއުކުރީ ރާއްޖޭގެ ކްލަބު އީގަލްސްއަށް ކުޅެމުން އަންނަ ގޯލްކީޕަރު ސުޖަން ޕެރޭރާއެވެ.

މެޗުގެ ފުރަތަމަ ހާފްގައި އިންޑިއާގެ ލަލްރިންޒުއާލާއަށް ވެސް ހުސް ފުރުސަތެއް ލިބިފައިވާ އިރު، އިންޑިއާގެ ކެޕްޓަން ސުބަހަޝީޝް ބޯޝް ނަގައިދިން ހުރަސް އޭނާ ފައިގައި ލައްވައި ނުލައި ދިޔައީ ބޭރަށެވެ. ލަންކާގެ ފަރާތުން ފުރަތަމަ ހަމަލާ ފެނިގެން ދިޔައީ ލިބުނު ހިލޭ ޖެހުމަކުންނެވެ.

ހާފްގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުން، މުހައްމަދު ރިފާޒު ފޮނުވާލި އިރު، އޭނާގެ ހިލޭ ޖެހުން ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އިންޑިއާއިން ލަންކާ އޭރިއާ ތެރެއަށް ކުރި ނުރައްކަލުގެ ނަތީޖާއަކަށްވީ މެޗުގެ 34 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގުމެވެ.

ލަންކާގެ ޑިފެންޑަރު ނައްޓާލުމަށްފަހު، އޭރިއާ ތެރެއަށް ވަދެ، ޕޫނޭ ސިޓީގެ 21 އަހަރުގެ ފޯވަޑް އާޝިގް ކުރުނިއަން ފޮނުވާލި ހަމަލާ އަމާޒު ކޮށްލީ ގޯލްގެ ތިރީ ކަނަށެވެ. އޭނާ ވަރަށް ބަލާލުމަށްފަހު ފޮނުވާލި ހަމަލާ ދިފާއުކުރުމަށް ސްރީލަންކާގެ ގޯލްކީޕަރު ސުޖަން  ޕެރޭރާއަށް ކުރެވޭނެ މަސައްކަތެއް ނެތެވެ.

ލީޑުގައި އޮވެ އިންޑިޔާއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފްވެސް އިންޑިއާއިން ފެށީ ވަރުގަދަކޮށެވެ. މެޗު ޑޮމިނޭޓް ކުރަމުން އައި އިންޑިއާއަށް ލީޑު ފުޅާކުރަން މާގިނައިރެއްވެސް ނުނެގިއެވެ. ލަލްރިންޒުއާލާ ކާމިޔާބުކޮށްދިން މި ލަނޑާއެކު 2-0ގެ ނަތީޖާއަކާއެކު އިންޑިއާއިން ހަމަޖެހިލިއެވެ.

އިންޑިއާގެ ދެވަނަ ގޯލަށްފަހު އެޓީމުން ކުޅުނީ ވަރަށް ބޮޑަށް ހަމަޖެހިލައިގެންނެވެ. ހާއްސަކޮށް ސްރީލަންކާއަށް މާ ގިނަވަގުތު ބޯޅަ ހިފެހެއްޓުމަށް ފުރުސަތު ދީފައެއް ނުވެއެވެ. މެޗުގެ ފަހު ދިހަ މިނެޓްގައިވެސް ޑޮމިނޭޓްކޮށްގެން ކުޅުނީ އިންޑިއާއިންނެވެ. އެޓޭކަކަށްފަހު އެޓޭކެއް އުފައްދަމުން ދިޔަ އިންޑިއާ ދިޔައީ ތިންވަނަ ގޯލަކާ ގާތް ކުރަމުންނެވެ. އެހެން ނަމަވެސް ކާމިޔާބީ އަކާއި ހަމަޔަށް ދާގޮތެއް ނުވިއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ހަތް ޓީމު ވާދަކުރާ އިރު، މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ފުރަތަމަ ދުވަހުގައި ގްރޫޕް އޭގެ ދެ މެޗު ކުޅެފައިވާ އިރު، މިއަދު އިންޑިއާއިން ކާމިޔާބުކޮށްފައި ވަނީ ގްރޫޕް ބީގެ ފުރަތަމަ މެޗެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ރާއްޖެއެވެ.

ގްރޫޕް ބީގެ މެޗެއް ދެން އޮންނާނީ ހުކުރު ދުވަހުގައެވެ. ރާއްޖޭ ގަޑިން އެ ދުވަހު އިރުއޮއްސި 6:00 ގައި ކުޅޭ މެޗުގައި ވާދަކުރާނީ ރާއްޖެއާއި ސްރީލަންކާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.