އުރީދޫގެ ކަސްޓަމަރުންނަށް ޚާއްޞަ އިނާޔަތެއް…
އުރީދޫ މޯލްޑިވްސްގެ ޕޯސްޓްޕެއިޑް ދިގު މުއްދަތަކަށް ޚިޔާރުކުރައްވާ ފަރާތްތަކަށް ޚާއްޞަ ހަދިޔާއެއްގެ ގޮތުގައި %15 އާއި ހަމައަށް ޑިސްކައުންޓް ފޯރުކޮށްދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އެކުންފުނީގެ ޑައިރެކްޓަރ އޮފް ސޭލްސް އަދި ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ އައު އަދި އީޖާދީ ޕްރޮޑަކްޓުތަކާއި ޚިދުމަތްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަކީ އުރީދޫ އިން ފެށުނީއްސުރެ އަހަމިއްޔަތުކަންދޭ ކަމެއް ކަމަށެވެ. މިގޮތުން ދިގު މުއްދަތަށް އެ ކުންފުނީގެ ޚިދުމަތްތައް ބޭނުން ކުރާ ކަސްޓަމަރުންނަށް ޚާއްޞަ އިނާޔަތްތައް ދެވުމަކީ އުފާކުރާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއް ހެދުމާއި އެކު، އުރީދޫގެ އެންމެ މަޤްބޫލް ޕޯސްޓްޕެއިޓް ޕެކޭޖުތައް ޚިޔާރުކުރައްވާ ކަސްޓަމަރުންނަށް ތަޢާރަފްކޮށްފައިވާ ޕްލޭންތަކަކީ:
މަހުފީ އިން ލިބޭ ޑިސްކައުންޓް (ރފ.) | މުއްދަތު | ކޮންޓްރެކްޓް |
15% | 24 މަސް | 24 މަހުގެ ކޮންޓްރެކްޓް ޕްލޭން |
10% | 12 މަސް | 12 މަހުގެ ކޮންޓްރެކްޓް ޕްލޭން |
މަތީގައި ބަޔާންކުރެވިފައިވާ ޑިސްކައުންޓްތައް ލިބިލައްވާނީ އުރީދޫގެ ޕޯސްޓްޕެއިޑް 600، ޕޯސްޓްޕެއިޑް 800 ނުވަތަ ޕޯސްޓްޕެއިޑް 1000 ޕެކޭޖު ޚިޔާރުކުރައްވާ ކަސްޓަމަރުންނަށެވެ.
އަދި އުރީދޫ އިން ވަނީ ކިޔަވާ ކުދިންނަށް ވަރަށް ޚާއްޞަ އޮފަރ އެއްވެސް ތަޢާރަފް ކޮށްފައެވެ. މިގޮތުން 6 މަސް ދުވަހުގެ ކޮންޓްރެކްޓަކާއި އެކު ޕޯސްޓްޕެއިޑް 200، ޕޯސްޓްޕެއިޑް 400، ޕޯސްޓްޕެއިޑް 600، ޕޯސްޓްޕެއިޑް 800 ނުވަތަ ޕޯސްޓްޕެއިޑް 1000 ޕެކޭޖު ޚިޔާރުކުރައްވާ ފަރާތްތަކަށް މަހުފީ އިން %5 ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.
މަހުފީ އިން ލިބޭ ޑިސްކައުންޓް (ރފ.) | މުއްދަތު | ކޮންޓްރެކްޓް |
5% | 6 މަސް | ސްޓޫޑަންޓް ޕްލޭން |
މި ޚިދުމަތް ބޭނުންވާ ފަރާތްތަކުން އެންމެ ކައިރީގައިވާ އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކަށް ވަޑައިގެންނާއި އުރީދޫ ވެބްސައިޓަށް ޒިޔާރަތްކުރައްވައިގެންވެސް މިކަމުގެ މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.