
ދިރާގު ޓީވީ އަދި ދިރާގު ޓީވީ އެޕް މެދުވެރިކޮށް ސާފް ޗެމްޕިއަންޝިޕް 2018 ވަގުތުން ބަލާލެވޭނެ
ދިރާގު ޓީވީ މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުން ތާކު، ބޭނުން ވަގުތަކު މޯބައިލް ފޯނު ނުވަތަ މޯބައިލް ޑިވައިސް ބޭނުންކޮށްގެން ނުވަތަ ގޭގެ ޓީވީއިން އޭޝިއާ ރީޖަންގެ އެންމެ ބޮޑު އަދި އެންމެ މައްޝޫރު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ސުޒުކީ ކަޕް 2018 ބަލާލެވޭނެއެވެ. ދިރާގު ޓިވީގެ ޗެނަލް ނަންބަރ 106 (ޑީސްޕޯރޓްސް) އިން މި މުބާރަތް ވަގުތުން ބަލާލެވޭނެއެވެ.
މިއަދު މި ފެށޭ ފޯރިގަދަ މުބާރާތަކީ ދިވެހި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމް ބައިވެރިވާ އެންމެ ފޯރިގަދަ އަދި އެންމެ ޝަރަފުވެރި އެއް މުބާރާތެވެ. މިއަދުގެ އެންމެ ފުރަތަމަ މެޗުގައި ބައްދަލުކުރަނީ ނޭޕާލް އަދި ޕަކިސްތާނެވެ. މި މެޗް ފެށޭ ގަޑި އަކީ ހަވީރު 3:00 އެވެ. ރާއްޖޭގެ ގައުމީ ޓީމު ކުޅޭ އެންމެ ފުރަތަމަ މެޗް އޮތީ މި ހަފުތާގެ ހުކުރު ދުވަހުގައިއެވެ.
ދިރާގު ޓީވީ އެޕް މެދުވެރިކޮށް ސާފް ޗެމްޕިއަންޝިޕް 2018 ބައްލަވަން ބޭނުން ފުޅުވެލައްވާނަމަ ދިރާގު ޓީވީ އެޕްގައި ޔޫސަރނޭމް އާއި ޕާސްވޯޑަށް ”play“ ޖެއްސަވައިގެން ބައްލަވާލެވޭނެއެވެ.
ދިރާގުން ބުނި ގޮތުގައި ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. އެގޮތުން ދިރާގު ޓީވީގެ އިންޓްރޯ ޕެކޭޖުގެ އަގަކީ މަހަކު އެންމެ 300 ރުފިޔާ އެވެ. މި ޕެކްޖްގައި 60 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭ އިރު މީގެ ތެރޭގައި 4ކޭ ޗެނަލް ވެސް ހިމެނޭއެވެ. ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮންޓެންޓް ބެލުމަށް ވަކީ ޚާއްސަ ޖޯއިބޮކްސްއެއް ބައްލަވާގަންނަވާކަށް ނުޖެހޭނެއެވެ.
ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ.ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ އެއް އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. އެގޮތުން މިހާރު ރާއްޖޭގެ 41 ރަށުގައި ދިރާގު ޓީވީ ހިދުމަތް ވަނީ ތަޢާރަފް ކޮށްފައިއެވެ.



