ޓޮޓެންހަމް އަތުން ތަފާތު ބޮޑުކޮށް މެންޗެސްޓާ ޔުނައިޓެޑު ބަލިވެއްޖެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ ޓޮޓެންހަމް ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ޓޮޓެންހަމް ކުރި ހޯދައިފިއެވެ.

މިމެޗުން މެންޗެސްޓާ ޔުނައިޓެޑުގެ މައްޗަށް ޓޮޓެންހަމްއިން ކުރިހޯދާފައިވަނީ 0-3 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު full width ad 1200 x 150

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޓޮޓެންހަމްއިން މޮޅަށް ކުޅުނުއިރު މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެއޮވެއެވެ. މެޗުގެ ފުރަތަމަ ގޯލް ޖަހާ ގޯލްޖަހާ ލީޑުނެގީ ޓޮޓެންހަމްއިންނެވެ. އެޓީމުން ލީޑު ނެގީ ފަހުހާފުގެ ކުޅުންފެށިތާ މާ ގިނައިރެއްނުވެ މެޗުގެ 50 ވަނަ މިނެޓުގައެވެ. މި ގޯލް އެޓީމަށް ޖހައިދިނީ ހެރީކޭންއެވެ.

ފުރަތަމަ ގޯލް ޖެހިތާ ދެ މިނެޓުފަހުން ޓޮޓެންހަމްއިން އެޓީމުގެ ދެވަނަ ގޯލް ޖަހާ ލީޑުފުޅާކުރިއެވެ. 52 ވަނަ މިނެޓުގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް މޯރާއެވެ. މި ގޯލަށް ފަހުވެސް ޓޮޓެންހަމްއިން ދިޔައީ ޔުނައިޓެޑުގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެގޮތުން މެޗު ނިމެން ދަނިކޮށް ހެރީކޭން ތަނަވަސްކޮށްދިން ފުރުސަތަކުން ޓޮޓެންހަމްގެ ތިންވަނަ ގޯލް ޖަހާ ލީޑު އިތުރަށް ފުޅާކުރިއެވެ. މި ގޯލްވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ލުކަސް މޯރާއެވެ. މިއީ ލޫކަސް މޯރާ މިފަހަރުގެ މި ސީޒަނުގައި ޓޮޓެނަހަމްއަށް ކާމިޔާބުކޮށްދިން 3 ވަނަ ގޯލެވެ.

މި މެޗުން ބަލިވިއިރު ޔުނައިޓެޑު އެޓީމު ކުރިން ލީގުގައި މިހާތަނަށް ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން ވަނީ ބަލިވެފައެވެ. މީ އެޓީމަށް ލީގުގައި މޮޅުނުވެވި ނިންމާލަން ޖެހުނު ދެވަނަ މެޗެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު އޮތީ މިވަގުތު އޮތީ 3 ޕޮއިންޓާއެކު ލީގުގެ 13 ވަނާގައެވެ. ޔުނައިޓެޑުއަތުން މޮޅުވި ޓޮޓެންހަމް މިވަގުތު އޮތީ 9 ޕޮއިންޓާއެކު ލީގުގެ 2 ދެވަނާގައެވެ. ލީގުގެ އެއްވަނައިގައި 9ޕޮއިންޓާއެކީ އޮތީ ލިވަޕޫލެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.