މި މަހުގެ 30 ގައި ބްރިޖު ހުޅުވަނީ..

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު މި އޯގަސްޓު މަހުގެ 30 ވާ ބުރާސްފަތި ދުވަހު ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވާކަން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރޭ އިޢުލާން ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިޢުލާން ކުރެއްވީ ޒުވާނުންތަކެއް ޕީޕީއެމާ ގުޅުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރައީސް ޔާމީން ވިދާޅުވީ ބުރާސްފަތި ދުވަހު ބްރިޖު ހުޅުވާނެ ކަމަށާއި އެއާ އެކު ހުޅުލެ އާއި ހުޅުމާލެއަށް ދިއުމަށް ކުރަންޖެހޭ ދަތުރުތައް އަވަސް ވެފައި ފަސޭހަ ވާނެ ކަމަށެވެ.

ދިވެހިންގެ ގިނަ ބައެއްގެ އުއްމީދުތަކާއިގުޅިފައިވާ ބްރިޖު ހުޅުވުމަށް ބާއްވާ ހަފުލާގައި ހަވާ އެރުވުން ފަދަ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ބްރިޖު ހުޅުވުމަށް ނިންމާފައިވީ ނަމަވެސް އެތަނުގައި ދަތުރުފަތުރުތައް އޮތް ގޮތް އަދި އިއުލާނެއް ނުކުރެ އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު ފެރީގައި މިހާރުކުރާ ދަތުރަށް ގާތްގަނޑަކަށް 20 މިނެޓު ހޭދަވާ އިރު، ބްރިޖު ބޭނުންކުރަން ފެށުމުން ގާތްގަޑަކަށް 3 މިނެޓަށް އެދަތުރުތައް އަވަސްވާނެއެވެ.

ބްރިޖުގައި ވެހިކަލްތަކަށް 4 ލޭން އޮންނާނެއެވެ. އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުރެއެވެ.

ތާރު އަޅައި، ލައިޓް ހަރުކުރުމުގެ މަސައްކަތް ބްރިޖުގައި މިހާރު ކުރަމުން އަންނަ އިރު، ބްރިޖަށް ދާން އޮންނަ މަގު މާލެ އާއި ހުޅުމާލޭގައި ދަނީ ތާރު އަޅާ ހަދަމުންނެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވެއެވެ. އެއީ ޗައިނާ ސަރުކާރުގ ހިލޭ އެހީގެެ 116 މިލިއަން ޑޮލަރާއި ލޯނުގެ 72 މިލިއަން ޑޮލަރެވެ. އަދި ދިވެހި ސަރުކާރުން މި މަޝްރޫއަށް 12 މިލިއަން ޑޮލަރު ހޭދަކުރެއެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.