
ދެލިމާއްޔާއެކު މީދޫގެ ޢީދުކުޅިވަރުތައް ނިންމާލައިފި
މާޅޮސްމަޑުލު އުތުރުބުރީ މީދޫގައި ކޮންމެ އަހަރެއްގެ އަޟްހާ ޢީދާއި ގުޅުވައިގެން ކުޅޭ ކުޅިވަރުތައް ދެލިމާއްޔާއެކު ނިންމާލައިފިއެވެ.
އަޟްހާ ޢީދު ނުވަތަ ބޮޑުޢީދަކީ މީދޫގައި ތަފާތު ގިނަ ކުޅިވަރުތަކެއް ކުޅެމުން އަންނަ ރަށެކެވެ. ޚާއްޞަކޮށް، ޘަޤާފީ ކުޅިވަރުތައް ދިރުވާ އާލާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
އެގޮތުން މިއަހަރުގެ ޢީދުކުޅިވަރުތައްވެސް ފެށީ ކަރުދާހު ކުދި މާލިތަކާއެކުއެވެ.
މީގެއިތުރުން ހިއްޗަވަޑައިގަތުމާއި ކާފާބެ އައުމާއި ކޯޑި ކެނޑުން ހިމެނެއެވެ.
މީދޫގައި ބޮޑުޢީދު ކުޅިވަރުތައް އެރަށުގެ ދެއަވަށް ކަމަށްވާ އިރުމަތީ އަވަށާއި ހުޅަނގު އަވަށުންވެސް ވަނީ ރާއްޖޭގެ ޘަޤާފީ ކުޅިވަރުތައް ޒަމާނާއެއްގޮތަށް ބަދަލުގެނެސް އަސްލުނުގެއްލޭގޮތަށް ދައްކުވައިދީފައެވެ.
މިއަހަރުގެ ޢީދު ފާހަގަކުރުމަށް މީދޫއަށް ދިޔަ ގިނަބަޔަކު ބުނީ ކުޅިވަރުތައް ވަރަށްމަޖާ ކަމަށާއި ދުވަހަކުވެސް ނުފެންނަ ކިތަންމެ ކުޅިވަރުތަކެއް ފެނުނު ކަމަށެވެ.