
ރައީސް ޔާމީން ފ. އަތޮޅަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފ. އަތޮޅަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުޢާޒު ޢަލީ ވިދާޅުވީ މިއީ ކެމްޕެއިން ދަތުރުފުޅެއް ކަމަށާއި ރައީސްގެ މި ދަތުރުފުޅުގައި މިއަދު ހެނދުނު ރައީސް ފުރަތަމަ ވަޑައިގަތީ އެ އަތޮޅު ފީއައްޔަށް ކަމަށެވެ.
ޕީޕީއެމް އިން އިންތިޒާމުކޮށްގެން ކުރައްވާ މިދަތުރުފުޅޫގައި ފ. އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގަތުމަށް ނިންމާފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ ފީއަލީ، ނިންލަންދޫ، ބިލަތްދޫ، ދަރަނބޫދޫ ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.
މުއާޒު އިތުރަށް ވިދާޅުވީ ނިލަންދޫގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ އެއްދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.