
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ނޮޅިވަރަންފަރަށާއި ކުޅުދުއްފުއްޓަށް މިއަދު ފުރާ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރަށާއި ކުޅުދުއްފުއްޓަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުކުރީގައި ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ނޮޅިވަރަންފަރު ބަނދަރު އިފްތިތާހު ކޮށްދެއްވުމަށާއި، ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.