
މީދޫގެ ޢީދު މަޖަލުގައި ހުވަނިވެސް އަންނަނީ ބައިވެރިވަމުން..
ރ. އަތޮޅު މީދޫގައި ޢީދު މަޖަލުގައި ހުރިހާ އެންމެން އަވަދިނެތި އުޅޭ އިރު، ހުވަނީގެ އުނދަގޫ އިންތިހާއަށް ހިނގައްޖެއެވެ.
މިރަށު ޤަބުރުސްތާނު ސަރަހައްދުގައި ހުރި މިދިލި ދެ ގަހެއްގަައި ހުވަނި ގިނަޢަދަދަކަށް އަޅާފައިވާ އިރު، އަދިމިހާތަނަށް އައިއިރު ހުވަނި މަދުކުރުމަށް އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ.
މިއަދު ހެނދުނު ބޮޑުޖަމާޢަތުގައިކުރި އިރު، މިރަށު ފުޓްސަލް ދަނޑުންވެސް ހުވަނި ވަނީ ފެނިފައެވެ. ޤަބުރުސްތާނުގެ އަނެއްފަރާތުގައި ހުންނަ ފުޓްސަލް ދަނޑަށް ހުވަނި ވަނީ ވަދެފައެވެ.
ރަށުންބޭރުން ގިނަބަޔަކު ޢީދު ފާހަގަކުރުމަށް މިރަށަށް އައިސްފައިވާ އިރު، މިފަދަ ގޮތަކަށް ހުވަނީގެ އުނދަގޫ ބޮޑުވުމަކީ ރަށު ފެންވަރުގައި ވިސްނާލަންޖެހޭ ކަމެކެވެ.
މީދޫއަކީ ކޮންމެ އަހަަަރެއްގެވެސް އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ރަށެކެވެ. އަދި ޘަޤާފީ ގިނަ ކުޅިވަރުތަކެއްވެސް އަންނަނީ ކުޅެމުންނެވެ.