
ޓީ.އައި.ޑަބްލިއު.ބީގެ ފުރަތަމަ މިޝަން މީރާގައި ފަށައިފި
ޓެކްސް އިންޕެކްޓަރސް ވިތްއައުޓް ބޯޑަރސް (ޓީ.އައި.ޑަބްލިއު.ބީ) ގެ ފުރަތަމަ މިޝަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ފަށައިފިއެވެ.
މިގޮތުން ބޭއްވި ޙަފުލާގައި މި މިޝަންގެ ކޯޕަރޭޝަން އެގްރީމެންޓުގައި މީރާ އާއި ޓީ.އައި.ޑަބްލިއު.ބީގެ ފަރާތުން ވަނީ ސޮއިކޮށްފައެވެ.
ޓީ.އައި.ޑަބްލިއު.ބީ އަކީ އޯއީސީޑީ އާއި ޔޫއެންޑީޕީ ގުޅިގެން ޓެކުހާއިގުޅޭ އޮޑިޓްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ ޢިލްމާއި ހުނަރު ތަރައްޤީވަމުން އަންނަޤައުމުތަކަށް ފޯރުކޮށްދިނުމަށް ފަށާފަައިވާ ހަރަކާތެކެވެ.
މިގޮތުން މީރާގައި މަސައްކަތްކުރާ ޓެކްސް އޮޑިޓަރުންގެ ފެންވަރު ރަނގަޅުކުރުމަށާއި ބައިނަލްއަޤުވާމީގޮތުން ކުރާ ވިޔަފާރި މުޢާމަލާތްޔައް އޮޑިޓްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިވެ ދިނުމަށް ޓެކްނިކަލް އެސިސްޓެންޓްސް ޕްރޮޖެކްޓެއް ވަނީ ފައްޓާފައެވެ.
މި ޕްރޮޖެކްޓް ފެއްޓުމުގެ ގޮތުން ޓީއައިޑަބްލިއުބީގެ ޕްރޮޖެކްޓް މެނޭޖަރ އާމްނާ ޚަލީފާއި ޕްރޮޖެކްޓަށް ފަންޑުކުރާ ޔޫއެންޑީޕީގެ ފަރާތުން ޓީއައިޑަބްލިއުބީއަށް ކަނޑައަޅާފައި ހުންނަވާ ޕްރޮޖެކްޓް އެޑްވައިޒަރ ރާދާ ކުލްކަރާނީ އާއި ޕްރޮޖެކްޓުގެ ފަންނީއެހީތެރިކަން ފޯރުކޮށްދޭ ޓްރާންސްފަރ ޕްރައިޒިންގ އެކްސްޕާރޓް ސިލްވިއާ ކަރެލޯވާ ވަނީ ރާއްޖެވަޑައިގެން ޕްރޮޖެކްޓް ރަސްމީކޮށް ފައްޓަވައިދެއްވާ މީރާގެ އޮޑިޓް ޓީމުތަކާ ބައްދަލުކުރައްވާފައެވެ.
ދެ އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެދަށުން މީރާގެ ޓެކްސް އޮޑިޓަރުން ޓެކުހުގެ މައިދާނުގައި ފެންނުންދާ ޓްރާންސްފަރ ޕްރައިޒިންގ ގެ މައްސަލަތައް އޮޑިޓް ކުރުމަށް ތަމްރީނު ކުރެވޭނެއެވެ.