އިދިކޮޅުފަރާތްތަކުން ރައްޔިތުންނަށް ކަންކަން އޮޅޭ ގޮތަށް ވާހަކަ ނުފެތުރުމަށް ރައީސް އެދިވަޑައިގެންފި

އިދިކޮޅުފަރާތްތަކުން ރައްޔިތުންނަށް ކަންކަން އޮޅޭ ގޮތަށް ވާހަކަ ނުފެތުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ބުރުންޏަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރައީސް ޔާމީން ވިދާޅުވީ އިސްލާމްދީން ނޫން އެހެންދީނަކަށް ރާއްޖޭގައި ޖާގަ ނުދޭނެ ކަމުގެ ކަށަވަރުކަން ރައްޔިތުންނަށް ދިނުމުގެ މުހިންމުކަމަށެވެ. އަދި ރައްޔިތުންނަށް މަންފާލިބޭނެ އާ ކަންތައްތައް ތަޢާރަފުކޮށް ޒުވާނުންނަށް ޚާއްޞަ އަހަންމިއްޔަތުކަން ދޭނެކަން ކަށަވަރުކޮށްދިނުންވެސް މުހިންމު ކަމަށެވެ.

އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންއާ ވާދަކުރައްވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސާލިޙް (އިބޫ) އާއި ރަނިންގ މޭޓް ފައިސަލްވެސް ގެންދަވަނީ ކެމްޕޭން ދަތުރުފުޅުތަކުގައި އެކިރަށްރަށަށް ވަޑައިގެން އެބޭފުޅުންގެ ސިޔާސަތުތައް ހާމަކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.