ޚަބަރު ފީތާ

ތަޖުވީދުގެ ހަމަތަކަށް ޤުރްއާން ކިޔަވަން ދަސްކުރަމާ (ދެވަނަ ބައި)

ކީރިތި ޤުރްއާން ރަނގަޅަށް ކިޔެވުމަށްޓަކައި ތަޖުވީދު ޢިލްމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. އެހެނީ ތަޖުވީދުގެ ސަބަބުން އަކުރުތަކަށް ލިބެންޖެހޭ ޙައްޤު ލިބިގެން ދެއެވެ. އެބަހީ އަކުރުތަކުގެ މަޚްރަޖުން އަކުރު ކިޔުމެވެ. އެހެން ނޫންކަމަށްވާނަމަ އަކުރު ބަދަލުވެ ކިޔަން އުޅޭ ކަލިމަ ނޫން އެހެން ކަލިމައެއް ކިޔުމުގެ ސަބަބުން މާނަ އަށް ވަރަށް ބޮޑު ބަދަލެއް އަންނާނެއެވެ.

ތިރީގައި މި ބަޔާން ކުރަނީ އޭގެ މިސާލުތަކެކެވެ.

خلق : އުފެއްދެވުން:   –  حلق: ކަރު

نهر : ކޯރު  –   نحر : ޤުރުބާން ކުރުން

أَصِيلُ : މެންދުރުފަސް –  أَسِيلُ   : އޮމާންކަން

قُلْ : ކިޔާށެވެ.   –  :  كُلْ  : ކާށެވެ

ضَلَّ : ގެއްލުން  :    –   ظَلَّ : ބަދަލުވުން

طِينِ : މަށި  :      –        تِينِ  : ވައްތީނި

صلِّي : ދުޢާ    –    سَلِّي  : ކަތިލުން

މަތީގައި މިބަޔާންކުރެވުނު މަދު މިސާލުތަކުންވެސް އަޅުގަނޑުމެންނަށް އެނގިގެންދަނީ ޤުރްއާން ތަޖުވީދުގެ ހަމަތަކާއިއެކު ނުކިޔެވިއްޖެނަމަ އޭގެ ސަބަބުން ފާފަވެރިވާ ދަރަޖައަށް ދާނެ ކަމެވެ.

ޤުރުއާން ނުބައިކޮށް ކިޔެވުމުން ލިބޭ ގެއްލުމަކީ ކޮބާ؟

رُبَّ قارِئٍ لِلْقُرءانِ والقُرءانُ يَلْعَنُهُ  .

(احياء العلوم الدين للإمام غزالى)

އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ޤުރުއާން ކިޔަވާ މީހުންގެ ތެރެއިން ވަރަށްގިނަމީހުން އެޤުރުއާން ނުބައިކޮށް ކިޔެވުމުގެ ސަބަބުން އެބައިމީހުންގެ މައްޗަށް އެޤުރުއާން ލަޢުނަތްލެއްވުމަށް އެދެއެވެ.

ޤުރުއާން ރަނގަޅަށް ކިޔެވުމުން ލިބޭ ފައިދާއަކީ ކޮބާ؟

عن أبي أُمامة رضي الله قال سمعتُ رسول الله ” يَقُولُ إقْرَأ الْقُرءانَ فَإنّهُ يَأْتِي يَوم القِيامَةِ شَفيعًا لأَصحَابِه . مسلم

އަބޫ އުމާމާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ  ” ޙަދީޘް ކުރެއްވިއަޑު ތިމަން އެއްސެވީމެވެ.ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ހަމަކަށަވަރުން ޤިޔާމަތްދުވަހުން އެޤުރުއާން، ކިޔަވާމީހާގެ ޙައްޤުގައި ޝަފާޢަތްތެރިވާނެއެވެ.

مَن قَرَء القُرءأنَ وعَمِلَ بهِ أُلْبِسَ والِدهُ تاجًا يوم القيامةِ ضَوْءُهُ أَحْسَنَ مَنْ ضِوْءِ الشمسِ  .(مسند أحمد , وأبو داود, )

ސަހުލު ބިން މުޢާޛް އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ” ޙަދީޡްކުރެއްވިއެވެ. ޤުރުއާން ކިޔަވާމީހާ އެއަށް ޢަމަލްކުރާމީހާގެ މައިންބަފައިންގެ ބޮލުގައި ޤިޔާމަތްދުވަހުން އިރަށްވުރެ އަލިގަދަ ތާޖެއް އެޅުއްވޭނެއެވެ.

أَدِّبُواأَولَادَكُم عَلَى ثَلَاثِ خِصَالٍ حُبِّ نَبِيِّكُم وَحُبِّ أهْلِ بَيتِهِ وَقِراءَةِ الْقُرءَانِ فَإِنَّ حَمَلَةَالقُرءانِ ظِلِ ن اللهِ يَومَ لَا ظِلَّ إِلَّا ظِلّهُ مَعَ أنبِيائِهِ وَأَصْفِيائِهِ .(مسند الفردوس الديلمي: كنز العمال: دارقطنى )

ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ތިންކަމަކުން ތިޔަބައިމީހުންގެ ދަރިން އަދަބުވެރިކުރުވާށެވެ. ކީރިތި ނަބިއްޔާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ. އަށް ލޯބިޖެއްސުމާއި، އެކަލޭގެފާނުގެ އަހްލުބައިތުންނަށް ލޯބިކުރުމާއި އަދި ޤުރުއާންކިޔެވުމެވެ. ހަމަކަށަވަރުން ޤުރުއާންކިޔަވާމީހުން ޤިޔާމަތްދުވަހުން ވާހުށީ ނަބީބޭކަލުންނާއި ޞިއްދީޤުންގެ އަރިހުގައެވެ.

خَيرُكم مَن تعَلَّم الْقُرءانَ وَعَلَّمهُ .(رواه البخاري )

މާތްﷲ ރުއްސުއްލެއްވި ޢުޡްމާނުގެފާނު ރިވާކުރެއްވިއެވެ. ރަސޫލް  ” ޙަދީޡް ކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑީ ޤުރުއާން އުނގެނި އެޤުރުއާން އެހެންމީހުންނަށް އުނގަންނައިދޭމީހާއެވެ.

 

މައުލޫމާތް: އަލީ ޒިޔާދް ބްލޮގް

Rate this post