މެކްސިކޯގެ ކުރީގެ ޑްރަގް ގެންގްސްޓަރއެއް އެ ޤައުމުގެ ކޮންގްރަސްއަށް ހޮވިއްޖެ

މެކްސިކޯގައި ހައްދު ފަހަނައަޅާފައިވާ ޑްރަގް މައްސަލައަށް ޙައްލެއް ގެނެސް، ޒުވާނުން ޑްރަގާއި ކުށުގެ ވެށިން ނެރެ، މުޖުތަމަޢަށް ފައިދާ ހުރި ބަޔަކަށް ހެދުމަށް، އެ ޤައުމުގެ މިހާރުގެ ރައީސް އަންދްރެސް މެނުއެލް ލޮޕޭޒް އޮބްރަޑޯރް ވަނީ އައު ޕްލޭނެއް އެކުލަވާލާފައެވެ.

އެ ޕްލޭންގެ ދަށުން ކޮންމެ ޒުވާނަކަށް ވެސް މުޖުތަމަޢަށް ޚިދުމަތް ކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކޮންމެ ކޮންމެ ޒުވާނަކަށް ވެސް ޑްރަގާއި ކުށުން ދުރުވުމަށް މަގުފަހި ކުރެވިގެންދާނެއެވެ.

އިޝްތިހާރު Below Header ad

އޮބްރަޑޯރްގެ މި ޕްލޭންގެ ދަށުން، ޑްރަގާއި ކުށް ކުރުމުން ދުރުވެ، ގޭންގްސްޓަރއެއްގެ ދިރިއުޅުމުން މުޅިން ދޫކޮށްލައި، މުޖުތަމަޢަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދިނުމަށް ނިކުތް އެކަކީ ކުރީގެ ޑްރަގް އެޑިކްޓް އަދި ވިޔަފާރިވެރިއާ، ނަމަވެސް މިހާރުގެ ސްޓޭޓް ކޮންގްރަސް މެމްބަރެއް ކަމުގައިވާ ޕެދްރޯ ކަރިޒާލެސްއެވެ. މީހުން އާންމުކޮށް އޭނާ ދަންނަނީ އެލް މިޚީސްގެ ނަމުންނެވެ.

ދިރިއުޅުން ބަދަލުކުރި ގޮތާއި ބެހޭގޮތުން އަލް ޖަޒީރާއަށް ކިޔައިދެމުން އޭނާ ބުނެފައިވާ ގޮތުގައި، އޭނާ ކޮންގްރެސް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރަނީ، އޭނާ ފަދަ އެތައް ޒުވާނުންގެ ކުރިމަގު އުޖާލާ ކުރުމުގެ މަޤްސަދުގައި، އަދި ޑްރަގާއި ކުށް ކުރުމުން ޒުވާނުން ދުރު ކުރުން އެއީ އޭނާގެ އެންމެ އިސް މަސައްކަތް ކަމުގައި ދެކޭ ކަމަށް ބުނެފައިވެއެވެ.

ކުށުގެ މާޙައުލުގައި އުޅުނު ދުވަސްވަރު އެކި ވަރުގެ އަނިޔާތަކާއި ޒަޚަމްތައް ލިބިފައިވާ ކަމަށާއި، ކުށް ކުރުމާއި ޑްރަގް ބޭނުން ދުރުވެވުން އެއީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.

ޑްރަގް ބޭނުން ކުރުމުން އޭނާ ދުރުވި ގޮތާއި ބެހޭގޮތުން ވާހަކަ ދައްކަމުން ބުނެފައި ވަނީ، އޭނާގެ މަންމަ ބަލިވެ ޙާލު ބޮޑުވެގެން ހޮސްޕިޓަލުން އޭނާއަށް ފޯނު ކުރި ވަގުތު އޭނާ އިނީ ރައްޓެހިންނާއެކު މަސްތުވާ ތަކެތި ބޭނުން ކުރަން ކަމަށާއި، އެހެންކަމުން މާދަމާ މަންމަ ކައިރިއަށް ދިޔަސް އެންމެ ރަނގަޅު ވާނޭ ހިތައް އަރައި، ރަހްމަތްތެރިންނާއެކު މަސްތު ވުމުގައި ހުރީ ކަމަށެވެ.

އެހެންނަމަވެސް އޭނާއަށް މަންމައާއި އެންމެ ފަހު ފަހަރަށް ވާހަކަ ދައްކާލުމުގެ ފުރުސަތު ވެސް ނުލިބުނު ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މަންމަ މި ދުނިޔެ ދޫކޮށް ދިޔައީ އޭނާ މަސްތުގެ ހާލަތުގައި މަންމައާއި ދުރުގައި ވަނިކޮށް ކަމަށް ބުނެފައިވެއެވެ.

މިކަމުގެ ސަބަބުން ކުރި ފުން ހިތާމަ ބަޔާން ކުރަމުން އޭނާ ބުނެފައި ވަނީ، މަންމައާއި ބައްދަލު ނުވެ މަންމަ މި ދުނިޔެ ދޫކުރުމުން ލިބުނު ހިތާމައާއި އަމިއްލަ ނަފްސު ކުއްވެރި ކުރެވުމުގެ ސަބަބުން އަމިއްލައަށް މަރުވާންވެސް މަސައްކަތް ކުރި ކަމަށެވެ. އެހެންނަމަވެސް ފަހުން ނިންމީ އަމިއްލައަށް މަރުވުމުގެ ބަދަލުގައި ނަފްސު އިސްލާޙުކޮށް، މަންމަ އެދޭފަދަ މީހަކަށް ވެވޭތޯ މަސައްކަތް ކުރުމަށް ކަމަށެވެ.

އޭރު އޭނާގެ އުމުރުން 24 އަހަރު ކަމަށާއި، އެއީ އޭނާގެ ޙަޔާތް ބަދަލު ކޮށްލި ހިސާބު ކަމަށް ބުނެފައިވެއެވެ.

އެހާހިސާބުން އޭނާ ކިޔެވުމަށް މަސައްކަތް ފެށި، އަދި ވަޒިފާއަކަށް ވެސް ދާން ފެށިއެވެ.

އެލް މިޚީސް ބުނެފައި ވަނީ، މެކްސިކޯގައި ޒުވާނުން ޑްރަގް ބޭނުންކޮށް ކުށުގެ މަގު އިޚްތިޔާރު ކުރަނީ އެކަމަށް ބޭނުންވާ ވަރަށް ޤަވާއިދުތަކާއި ޕޮލިސީތަކަށް އެންމެ ފުރިހަމައަށް އަމަލުކުރަމުން ނުދާތީ ކަމަށާއި، އެކަށިގެންވާ ވަރަށް ފުރުސަތުތައް ނުހުންނާތީ ކަމަށެވެ. އެގޮތުން އޭނާވެސް އެންމެ ފުރަތަމަ ބޭނުންވީ އެކްޓަރަކަށް ވާން ކަމަށާއި، އެހެންނަމަވެސް އޭނާގެ ހުވަފެން ކާމިޔާބު ކުރުމަށް އެކަށީގެންވާ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.

ނަމަވެސް ފުރުސަތު ނެތިގެން އޭނާފަދައިން އިތުރު ޒުވާނުން ނުބައި މަގު އިޚްތިޔާރު ކުރުން އެއީ އޭނާ އެދޭ ގޮތް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ.

ޒުވާނުން އިސްލާޙު ކުރުމަށް ކުރި މަސައްކަތުގައި އެންމެ ފުރަތަމަ އޭނާ މަސައްކަތް ކޮށްފައި ވަނީ އެކި ގޭންގުތަކުގެ މެދުގައި ސުލްޙަ ކުރުވުމާއި ވާހަކަ ދައްކައިގެންނާއި ކުލިވަރާއި މަސައްކަތުގެ މައިދާނަށް ނެރެގެން، ގޭންގުތަކުގެ މެދުގައި ސުލްޙައާއި ހަމަޖެހުން ގެނުވުމަށް މަސައްކަތް ކޮށް، އެކަށީގެންވާ ކާމިޔާބީއެއް ލިބިފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ހިންގައި ޕްރޮގްރާމްތަކަށް އެތައް ސަތޭކަ ގޭންގްސަޓަރުންނެއް ވަނީ ހާޒިރުވެފައެވެ.

އޭގެތެރެއިން ބައެއް ޒުވާނުން ބުނެފައި ވަނީ، އެމީހުން އެލް މިޚީސް ނަގަނީ ނަމޫނާއެއް ކަމުގައި ކަމަށެވެ. ކުށުގެ ވެށިން ނިކުމެ، ހަމަޖެހޭ ރީތި ދިރުއުޅުމެއް އުޅެވިދާނެކަން އެލް މިޚީސް ދައްކުވައިދީފައިވާ ކަމަށް އެ ޒުވާނާ ބުންޏެވެ.

ޒުވާނުންގެ މެދުގައި އެލް މިޚީސްއަކީ މަޤުބޫލު މީހަކު ކަމުގައި ވި ނަމަވެސް، ކޮންގްރެސްގައި އޭނާއަށް މީހުންގެ ނުރުހުމާއި ކުރިމަތިލާން ޖެހިފައިވޭ. ޑްރަގާއި ކުށުގެ މާޙައުލަކުން އައިސްފައި ވުމުން، އޭނާގެ ޤާބިލިއްޔަތުކަމާ މެދު ގިނަ ބަޔަަކު ސުވާލު އުފައްދާ، އަދި އޭނާއަށް އިތުބާރު ކުރެވޭނެތޯ އެއީ ވެސް ގިނަ ބަޔަކު ކުރާ ސުވާލެކެވެ

އެހެންނަމަވެސް އޭނާ ބުނެފައި ވަނީ، ބަޔަކު ކިޔާ އެއްޗެއްގެ ސަބަބުން ޒުވާނުން ހަމަމަގަށް އެޅުވުމަށް ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.