އެމެރިކާއިން އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އިރާނާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އާލާކޮށްފިއެވެ.

އިރާނާއި އދ އަދި ޔޫރަޕާއި ހުލަނގުގެ އެތައް ޤައުމެއް ގުޅިގެން އިރާނާއި އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން އެ ޤައުމާމެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މަޑުޖައްސާލައި، ދުނިޔޭގެ ބާޒާރުގައި ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަށް ހުއްދަދީފައި ވަނިކޮށް، އެމެރިކާއިން އިރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އާލާކޮށްފައި މި ވަނީ، ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާއި ހަވާލުވި ފަހުން އދ އާއި އެކު ވެފައިވާ އެއްބަސްވުމުން ފާއިތުވި މެއި މަހު އެމެރިކާ ވަކި ވުމަށްފަހު ރައީސް ޓްރަމްޕް ވަނީ ވެރިކަމަށް އައުމުގެ ކުރިންވެސް އެ އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ، އެހެންނަމަވެސް އެމެރިކާއިން އެ އެއްބަސްވުމުގައި ބައިވެރިވެފައި ވަނީ ރައީސް އޮބާމާގެ ވެރިކަމުގައެވެ.

އިޝްތިހާރު full width ad 1200 x 150

އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން ފަށާފައި ވަނި 7 އޮގަސްޓުވީ އަންގާރަ ދުވަހުން ފެށިގެންނެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން އިރާނަށް އެމެރިކާގެ ފައިސާ ލިބުމަށް ދަތިކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

އެމެރިކާއިން އިރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު އިރާނުގެ ރައީސް ޙަސަން ރޫޙާނީ ބުނެފައި ވަނީ، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިރާންގެ އިޤްތިސާދަށް ހިޔަނި އެޅިފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ މިހާރުގެ ސަރުކާރު ފަދަ އިތުބާރުނެތް ބަޔަކާއެކު އެއްވެސް ވާހަކައެއް ކުރިއަށް ނުގެންދާނެ ކަމަށެވެ.

ރޫހާނީ މިހެން ބުނެފައި ވަނީ އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވަގުތުކޮޅަކަށް ވެފައި ވަނިކޮށް، ހޯމަ ދުވަހު އިރާންގެ ޤައުމީ ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައެވެ.

އިރާންގެ ޤައުމީ ޓީވީ މެދުވެރިކޮށް ޤައުމާ މުޚާތަބުކޮށް ދެއްކެވި ވާހަކައިގައި ރޫޙާނީ ވިދާޅުވެފައި ވަނީ، ބުރަކަށްޓަށް ވަޅި ހެރުމަށް ފަހު އެ ވަޅި ނުނައްޓައި ބަހައްޓާ ފަދަ މީހަކާއެކު ދެއްކޭނެ ވާހަކައެއް ނެތް ކަމަށް. އަދި އެތައް ޤައުމަކާއި އެކު ވެފައިވާ އެއްބަސްވުމަކުން ވަކިވެ، ދަތިކުރުމުގެ ފިޔަވަޅުތައް އާލާ ކުރުމުން އެމެރިކާއަކީ ސުލްހައިގެ މަސްރަޙުގައި އެއްވެސް އިތުބާރެއް އަދި އިޚްލާސްތެރި ކަމެއް ނެތް ބައިވެރިއެއް ކަމުގައި އެ ޤައުމުން ސާބިތު ކޮށްދީފި ކަމުގައެވެ.

މީގެ އިތުރުން ރޫޙާނީ ވިދާޅުވެފައި ވަނީ، އިތުބާރު އޮތް ނަމަ އިރާނުން ވާހަކަތަކަށް މަރުޙަބާ ކިޔާނެ ކަމަށް، އެހެންނަމަވެސް އިޤްތިސާދީ ގޮތުން ދަތިކުރަމުންދާ ދަނޑިވަޅެއްގައި އެއްވެސް ވާހަކައެއް ދެއްކުމަކީ މޮޔަ ކަމެއް ކަމުގައެވެ.

ޖުލައިމަހުގެ ފަހުކޮޅު ޓްރަމް ވަނީ އެއްވެސް ޝަރުތަކާއި ނުލައި އިރާނާއެކު ވާހަކަތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް ހުރި ކަމަށް. އެހެންނަމަވެސް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕީއޯ ވަނީ ޓްރަމްގެ އެ ވާހަކަތައް ފަހުން ބަދަލު ކޮށްފައެވެ.

އިރާނުގެ ޤައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ރޫޙާނީ ވިދާޅުފެފައި ވަނީ، އެމެރިކާއިން ވާހަކަތަށް ކުރިއަށް ގެންދިއުމަށް ހުށަހަޅާފައި ވަނީ އިރާންގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދައި،ފިކުރީ ހަނގުރާމައަކަށް މަގުފަހި ކުރުމަށް ކަމަށެވެ.

އެމެރިކާއިން އިރާނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އާލާ ކުރުމަށް ނިންމުމުން ރައްދެއްގެ ގޮތުން ގަލްފަށް ތެލާއި މުދާ އެތެރެ ކުރުމަށް ބޭނުން ކުރާ މައި ދޮރާށި ކަމުގައިވާ ހަރްމޫޒު ރާސްތާ ބަންދު ކުރާނެ ކަމުގެ އިންޒާރުވެސް އިރާނުން ވަނީ ދީފައެވެ. އިރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި ނަމަ، އަދި އިރާންގެ ތެޔޮ ބައިނަލްއަޤްވާމީ ބާޒާރުގައި ނުވިކޭ ނަމަ، ގަލްފުގެ އެއްވެސް ޤައުމަކަށް ތެޔޮ އެތެރެ ނުކުރެވޭނެ ކަމަށް އިރާނުން ވަނީ އަންގާފައެވެ.

މިކަމަށް ރައްދު ދެމުން ޓްރަމްޕް ސަރުކާރުގެ ސެކިއުރިޓީ އެޑްވައިޒަރ ޖޯން ބޯލްޓަން ބުނެފައި ވަނީ، ހަރްމޫޒް ރާސްތާ ބަންދު ކުރުން ވެގެންދާނީ އިރާނުން ކުރާ އެންމެ މޮޔަ ކަންތައް ކަމުގައެވެ.

ފޮކްސް ނިއުސްއަށް ހޯމަ ދުވަހު ދިން ބަސްދީގަތުމެއްގައި ބޯލްޓަން ބުނެފައި ވަނީ، އިރާނުން ޓްރަމްޕާއެކު ވާހަކަތައް ކުރިއަށް ގެންގޮސް އިރާނުގެ ނިއުކްލިއާ ހަކަތައިގެ މަސައްކަތް އެއްކޮށް ނައްތާލުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށާއި، އިރާނުގެ ކުރިމަގަށް އޮތް ހަމައެކަނި ގޮތަކީވެސް އެއީ ކަމުގައެވެ.

އިރާނުން ނިއުކްލިއާ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރަމުން ނުދާކަމަށް ބުނެ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، އިރާނުން އެ އެއްބަސްވުމަށް ފުރިހަމައަށް ތަބާވެފައިވާ ކަމަށް އދ ގެ ހަތިޔާރާއި ބެހޭ އިންސްޕެކްޓަރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.