ގައުމީ ޓީމު ގަތަރުގައި ކޭމްޕް ކުރުމަށް ފުރައިފި

ސާފް ސުޒުކީ ކަޕަށް ތައްޔާރު ވުމުގެ ގޮތުން އިތުރު ތަމްރީންތަށް ހޯދުމަށް ގައުމީ ޓީމު ގަތަރުގައި ކޭމެޕް ކުރުމަށް ފުރައިފި އެވެ.

ބަންގްލަދޭޝްގައި އަންނަ ސެޕްޓެމްބަރ މަހުގެ 04 އިން 15 އަށް ކުރިއަށް ގެންދާ ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކޭމްޕް ކުރުމަށް ގައުމީ ޓީމު ފުރާފައިވަނީ މިއަދު ހެނދުނެވެ. އެފްއޭއެމް އިން މައުލޫމާތު ދޭގޮތުގައި އަންނަ މަހުގެ 04 އިން 15 އަށް ގަތަރުގައި ކޭމްޕްކުރުމަށްފަހު ގައުމީ ޓީމު ރާއްޖެ ނައިސް ފުރާނީ ސީދާ ސާފް ސުޒުކީ ކަޕަށެވެ.

އިޝްތިހާރު Below Header ad

ގައުމީ ޓީމު ގަތަރަށް ފުރުމަށް ކުރިން ހަމަޖެހިފައިއޮތީ އަންނަ މަހުގެ މެދުތެރޭގަ އެވެ. އެހެންނަމަވެސް މިނިވަން ދުވަހުގެ ކުޅިވަރުތަކަށް ގަލޮޅު ދަނޑު ބޭނުންކުރުމުން، ދަނޑަށް ގެއްލުން ލިބިފައިވާތީ ގައުމީ ޓީމުގެ ފަރިތަކުރުންތައް ބޭރުގައި ކުރިއަށް ގެންދަން ނިންމީ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.

ގަތަރުގައި ތަމްރީންތައް ކުރިއަށް ގެންދާއިރު ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމްއިން ބުނެއެވެ. އަދި މުބާރާތުގެ ކުރިން ރަހުމަތްތެރިކަމުގެ މެޗެއް ރާއްޖޭގައި ނުކުޅޭނެ ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ޓީމު ފުރިއިރު، މިމުބާރާތަށް ނެގި 30 ކުޅުންތެރިން 27 ކުޅުންތެރިންނަށް ވަނީ މަދުކޮށްފައެވެ. އެގޮތުން 30 ކުޅުންތެރިންގެ ތެރެއިން ބާކީކުރި 3 ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކްލަބްގެ މިޑްފީލްޑަރު އައްޒާމް އަބްދުﷲ އާއި، އީގަލްސްގެ ގޯލުކީޕަރު މިފްދާދް އަހުމަދު އާއި، މާޒިޔާގެ ޑިފެންޑަރު މޫސާ ޔާމީން އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.