އެމްއެންޔޫއެސްޔޫ އަހުރަ ގޮފީގެ ހޭންޑްބޯޅަ މުބާރާތް ރޭ ގަމުގައި ފަށައިފި

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެންމެންޔޫއެސްޔޫ) ލ. ގަމުގެ ގޮތްޕެއް ކަމަށްވާ އަހުރަ އިން އިންތިޒާމުކޮށްގެން ގަމާއި އެ އަތޮޅު ފޮނަދޫގެ ކުލަބު ޖަމިއްޔާ ތަކާއި ސަރުކާރު މުއައްސަސާތުގެ އަންހެން އަދި ފިރިހެން ދެ ޖިންސައް ހާއްސަކޮށްގެން ހޭންޑްބޯޅަ މުބާރާތެއް ރޭ ފަށައިފިއެވެ.

ރޭ ފެށި މި މުބާރާތުގެ މަގްސަދަކީ އެމްއެންޔޫ ގަން ކެމްޕަހާއި އަހުރަ ގޮތްޕަކީ އަތޮޅުގެ އެންމެން ދަންނަ އެންމެންނާ ގާތް ގުޅުމެއް އޮންނަ ތަނަކަށް ހެދުމެވެ. އޭގެ އިތުރުން އެމްއެންޔޫ ގަން ކެމްޕަހުގައި އޮންނަ ކޯސްތަކަކީ ބައިވެރިންނަށް އުފާވެރި މާހައުލަކަށް ހެދުން ވެސް އެ މުބާރާތް ބޭއްވުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އިޝްތިހާރު full width ad 1200 x 150

މިމުބާރާތުގައި އަންހެން 9 ޓީމު އަދި ފިރިހެން 5 ޓީމު ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިވި އަންހެން ހޭންޑް ބޯޅަ ޓީމުތަކަކީ ފޮނދޫ ޔޫތް އެސޯސިއޭޝަން ( ފިޔަ )، ދިރާގު، މޯލްޑިވްސް ޕޮލިސް ސާވިސް، ފޮނަދޫ ޒުވާނުންގެ ގުޅުން، ގަމު ރީޖަނަލް ހޮސްޕިޓަލް، އިސްކަންދަރ އެއަރބޭސް، ފެނަކަ ، ރިއަލް އައިލެންޑް ސޮސައިޓީ އެވެ.  އަދި މި މުބާރާތުގައި ބައިވެރިވި ފިރިހެން ހޭންޑް ބޯޅަ ޓީމުތަކަކީ އިސްކަންދަރު އެއަރބޭސް (ކައްދޫ)، ގަމު ރީޖަނަލް ހޮސްޕިޓަލް، މާންދޫ ރިކްރިއޭޝަން ކުލަބު އަދި ގޯޅި ސްޕޯޓްސް ކުލަބެވެ.

38476957 2285791564981802 3450829986942943232 n

މުބާރާތުގައި ޖުމްލަ ދެ ޖިންސުން 14 ޓީމު ބައިވެރިވެފައިވާ އިރު، އެ ހުރިހާ ޓީމެއް ވެސް ބަހާލާފައި ވަނީ 3 ގްރޫޕަކަށެވެ. އެއީ އަހެން 2 ގްރޫޕަކާއި ފިރިހެން އެއް ގްރޫޕެވެ. އެގޮތުން އަންހެން ޓީމުތަށް ހިމެނޭ ދެ ގްރޫޕުން ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނަ ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރު ކުރާނެއެވެ. އަދި ފިރިހެން ކޮންމެ ޓިމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެޓީމެއް މުބާރާތުގެ ފައިނަލުގައި ކުޅޭނެއެވެ. އެގޮތުން މުޅި މުބާރާތުގައި ޖުމްލަ 28 މެޗު ކުޅެވޭނެއެވެ.

ކުޑަ ރަސްމިއްޔާތަކަށް ފަހު މުބާރާތް ފެށިގެންދިޔައިރު މި މުބާރާތް ހުޅުވިގެން ދިޔައީ ފޮނަދޫ ޔޫތް އެސޯސިއޭޝަން (ފިޔަ) އާއި ދިރާގު ބައްދަލުކުރި މެޗުން ނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފިޔަ ޓީމުން ރަނގަޅު ކުޅުމެއް ދައްކާފައިވާކަން ފާހަގަކޮށްލެވެއެވެ. ދާދި ފަހުން ފޮނަދޫއަށް އާބާދުވި ގާދޫ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ މި ޓީމުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު އެޓީމުން ދިރާގުގެ މައްޗަށް ކާމިޔާބު ހޯދާފައިވަނީ 3-6 ގެ ނަތީޖާއިންނެވެ. ފިޔަޓީމުގެ ލަނޑުތަށް ޖަހައިދިނީ ފާތުމަތު ރިފުޤާ، ސުމައްޔާ އަދި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަރުމީލާއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފިޔަ ޓީމުގެ ޖާޒީ ނަމްބަރ 12 ފާތުމަތު ސަރުމީލާއެވެ.

38454893 2285791118315180 4944048652424314880 n

ފިޔަ ޓީމުން ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ އިސްކަންދަރު އެއަރބޭސް އާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ މިމަހުގެ 6 ވަނަ ދުވަހުގެ ރޭ 20:30 ގައެވެ.

މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް މިއަދާއި މިރޭވެސް ކުޅެވޭނެ އެވެ. އެގޮތުން މިއަދު ހަވީރު 16:14 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އިންސަކަންދަރު އެއަރބޭސްގެ ފިރިހެން ހޭންޑް ބޯޅަ ޓީމާއި މާންދޫ ރިކްރިއޭޝަން ކުލަބެވެ. މިރޭ 17:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ފެނަކަ އަންހެން ހޭންޑް ބޮޅަ ޓީމާއި ގަމު ރީޖަނަލް ހޮސްޕިޓަލުގެ އަންހެން ހޭންޑް ބޯޅަ ޓީމެވެ. އަދި މިރޭ 20:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އިސްކަންދަރު އެއަރބޭސްގެ އަންހެން ޓީމާއި މޯލްޑިވްސް ޕޮލިސް ސާވިސަސްގެ އަންހެން ޓީމެވެ. މިރޭ 21:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިރާގު އަދި ރިއަލް އައިލެންޑް ސޮސައިޓީއެވެ.

އެ މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކީ ލ. ގަން ޕޮލިސް ސްޓޭޝަނެވެ. އަދި މީޑިއާ ޕާޓްނަރަކީ ސަން މީޑިއާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.