އަޓޫރޯ ވިޑާލް ބާސެލޯނާ އަށް ބަދަލުވެއްޖެ

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ކުޅެމުން އައި ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ބާސެލޯނާ އަށް ބަދަލުވެއްޖެއެވެ.

ވިޑާލް ބާސާ އަށް ބަދަލުވީ 3 އަހަރުގެ އެއްބަސްވުމެއްގެ ދަށުން 27 މިލިއަން ޕައުންޑުގެ އަގަކަށެވެ. ބާސާގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ވިޑާލް ދައްކާލުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.

ވިޑާލް ގެންނަން ބާސާ އިން މަސައްކަތް ފެށީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ ގެންނަން ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ބާސާއަށް ބަދަލުވުމަށްފަހު ވިޑާލް ބުނީ އޭނާ ބާސާއަށް ބަދަލުވެވުމުން އުފާކުރާ ކަމަށާއި އެޓީމުގައި ކާމިޔާބީތަށް ހޯދުމަށް އެހީތެރިވެދޭނޭކަމަށެވެ. އަދި ބަޔާން މިއުނިކްގައި އޭނާ ހޭދަކުރީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށާއި އެކަމަށްޓަކާ އެ ކްލަބަށާއި އެ ކްލަބުގެ ސަޕޯޓަރުންނަށް ޝުކުރު އަދާކުރާކަމަށްވެސް ވިޑާލް ބުންޏެވެ.

ބަޔާންގެ ސީއީއޯ ކާލް ހެއިންޒް ރުމެނިގޭ ވަނީ ބަޔާންގައި ހޭދަކުރި ތިން އަހަރުތެރޭ ކޮށްދިން ކަންތައްތަކަށް ވިޑާލް އަށް ޝުކުރު އަދާކޮށްފައެވެ. އެ ތިން އަހަރުތެރޭ ބަޔާން އިން ހޯދި ކާމިޔާބީތަކުގައި ވިޑާލްގެ ހިއްސާ ބޮޑު ކަމަށާއި އަދި މުހިއްމު މެޗުތަކުގައި ވިޑާލްގެ މުހިއްމުކަން ވެސް ރުމެނިގޭ ފާހަގަކުރިއެވެ.

ވިޑާލް ބާސާ އަށް ބަދަލުވެފައިވާއިރު އޭނާ ގެނައުމަށް އިންޓަ މިލާނުން ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ވިޑާލް ގެނައުމުގެ މަސައްކަތް އިންޓަ އިން މަޑުޖައްސާލީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ގެންނަން މަސައްކަތް ކުރަމުންދާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 31 އަހަރުގެ ވިޑާލް ވަނީ ބަޔާންއަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީ ޖަރުމަނު ލީގު ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.

ވިޑާލް ވެގެންގޮސްފައިވަނީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ބާސާ އަށް ގެނައި ހަތަރުވަނަ ކުޅުންތެރިޔާ އަށެވެ. މީގެކުރިން ބާސާ އަށް ވަނީ ބްރެޒިލްގެ މިޑްފީލްޑަރު އާތާ މެލޯ އާއި ސެވިއްޔާ އަށް ކުޅެމުން އައި ފްރާންސްގެ ޑިފެންޑަރު ކްލެމެންޓް ލެންގްލެޓްގެ އިތުރުން ބޯޑޯ އަށް ކުޅެމުން އައި ބްރެޒިލްގެ ވިންގާ މެލްކޮމް ގެނެސްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.