ޚަބަރު ފީތާ

އުރީދޫގެ 13 ވަނަ އަހަރީ ދުވަހުގެ އުފަލުގައި އޮގަސްޓް މަހު %13 އިތުރު ޑޭޓާ!

އުރީދޫގެ ތޭރަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އެކުންފުނީގެ މަގްބޫލް ޑޭޓާ ޕެކްތައް ޚިޔާރުކުރެއްވުމުން %13 އިތުރު ޑޭޓާ ލިބޭ ހާއްސަ އޮފަރ އެއް ފަށައިފި އެވެ.

އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފަރ މެދުވެރިކޮށް ބޯނަސް ޑޭޓާ ލިބެނީ ޑޭޓާ 99، ޑޭޓާ 110، ޑޭޓާ 160، ޑޭޓާ 220، ޑޭޓާ 330، ޑޭޓާ 440 ނުވަަތަ ޑޭޓާ 1100 ޚިޔާރު ކުރެއްވުމުންނެވެ.

”ދިވެހިރާއްޖޭގައި އުރީދޫގެ 13 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއި އިރު، މި އޮފަރ އަކީ އަޅުގަނޑުމެންނަށް މެދުކެނޑުމެއް ނެތި ހިއްވަރުދެމުންދާ ލޮބުވެތި ކަސްޓަމަރުންނަށް ކުޑަ ހަދިޔާ އެއް. ފެށުނީއްސުރެ، ހަލުވި ސްޕީޑުގެ އިންޓަނެޓް ފޯރުކޮށްދިނުމަށް އުރީދޫ އިންދޭ އަހަމިއްޔަތުކަން، އަޅުގަނޑުމެންގެ ކަސްޓަމަރުން ގަބޫލުކޮށް އެކަމުގެ އަގުވަޒަން ކުރޭ. މުސްތަޤްބަލުގައި ވެސް އުރީދޫ އިން މަސައްކަތް ކުރަމުންދާނީ މި އަޒުމާއި އެކު، އެއްދުވަހުން އަނެއް ދުވަހަށް ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް އީޖާދީ އުފެއްދުންތައް ދިވެހިރާއްޖެ އަށް ފޯރުކޮށްދިނުމަށް.“ އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވިއެވެ.

ބޯނަސް ޑޭޓާ އާއި އެކު ލިބޭ އެލަވަންސް ޑޭޓާ އލަވަންސް ޑޭޓާ ޕެކް
622 އެމްބީ 550 އެމްބީ އުރީދޫ ޑޭޓާ 99
800 އެމްބީ 700 އެމްބީ އުރީދޫ ޑޭޓާ 110
1.42 ޖީބީ 1 ޖީބީ.25 އުރީދޫ ޑޭޓާ 160
2.83 ޖީބީ 2 ޖީބީ.5 އުރީދޫ ޑޭޓާ 220
5.65 ޖީބީ 5 ޖީބީ އުރީދޫ ޑޭޓާ 330
8.47 ޖީބީ 7.5 ޖީބ އުރީދޫ ޑޭޓާ 440
28.25 ޖީބީ 25 ޖީބީ އުރީދޫ ޑޭޓާ 1100

 

އުރީދޫގެ ޑޖިޓަލް ޕްލެޓްފޯމްތައް ކަމަށްވާ މައި އުރީދޫ އެޕް އަދި މަގޭ ޕްލޭންގެ ޚިދުމަތް، ނުވަތަ *929# އަށް ގުޅާލައްވައިގެން، ކޮންމެ ތާކު ހުރެގެން، ކޮންމެ ވަގުތެއްގައިވެސް އުރީދޫގެ މި ޑޭޓާ ޕެކްތައް ފަސޭހަކަމާއި އެކު ޚިޔާރުކުރެވޭނެއެވެ.

އުރީދޫގެ މި ހާއްސަ އެނިވާސަރީ އޮފަރ އާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv/13th-anniversary އަށް ޒިޔާރަތް ކުރައްވާށެވެ.

Rate this post