
އުރީދޫގެ އަހަރީ ދުވަހާއި ގުޅުވައިގެން ޚާއްޞަ ފުޓްބޯޅަ މެޗުތަކެއް ކުޅެފި..
އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހާއި ގުޅުވައިގެން ނިއުރޭޑިއަންޓާއެކު ޚާއްޞަ ފުޓްބޯޅަ މެޗުތަކެއް ކުޅެފިއެވެ.
އެކުންފުނީގެ ބްރޭންޑް އެމްބެސަޑަރުން ކަމުގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އެކު ކުޅޭ މި ފޯރިގަދަ ފުޓުބޯޅަ މެޗުތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސް އާއި ނިއު ރޭޑިއަންޓުގެ މެނޭޖްމަންޓް ޓީމުތަކުގެ މެދުގައި މެޗެއް ކުޅެފައިވާ އިރު، އުރީދޫގެ ސްޓާފުންނާއި ނިއު ރޭޑިއަންޓު ޓީމުގެ ކުޅުންތެރިންވެސް ވަނީ ވަރަށް ފޯރިގަދަ މެޗެއް ކުޅެފައެވެ.
މި ކުލަގަދަ އިވެންޓުގައި އުރީދޫގެ ބްރޭންޑް އެމްބެސަޑަރުން ކަމުގައިވާ ހަބޭސް ބޮޑުބެރު ގްރޫޕާއި އެންޑިއުރަންސް އެތްލީޓް އަހުމަދު އާތިފްވެސް ވަނީ ބައިވެރިވެފައެވެ.
ފާއިތުވެދިޔަ އަހަރުތަކާއި އެއްފަދައިން އުރީދޫގެ އަހަރީ ދުވަސް ދިވެހި ރައްޔިތުންނާއި އެކު ފަހަގަ ކުރުމަށް މުޅި އޮގަސްޓް މަހުގެ ތެރޭގައި ގިނަ ހަރަަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.