ނަސްރީ ގެ ސަސްޕެންސަން މުއްދަތު 18 މަހަށް އިތުރުކޮށްފި

ފްރާސްންގެ ކުރީގެ އެޓޭކިން މިޑްފީލްޑާ ސާމިރު ނަސްރީގެ ސަސްޕެންސަނުގެ މުއްދަތު 6 މަހުން 18 މަހަށް ޔޫއެފާއިން އިތުރުކޮށްފިއެވެ.

ބޭނުން ކުރަން ޖެހޭ މިންގަޑަށް ވުރެ އިތުރަށް ބޭސް ބޭނުން ކުރިކަން ސާބިތު ވުމުން ފްރާސްންގެ ކުރީގެ އެޓޭކިން މިޑްފީލްޑާ ސާމިރު ނަސްރީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކެއްގައި ބައިވެރިވުން ހަ މަސް ދުވަހަށް ސަސްޕެންޑް ކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ. ޔޫއެފާއިން ނަސްރީގެ ސަސްޕެންސަން އިތުރު ކުރުމުން ދެން އޭނާއަށް އަނެއްކާވެސް ކުޅުމުގެ ތެރެއަށް އާދެވޭނީ މިއަހަރުގެ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ.

އިޝްތިހާރު full width ad 1200 x 150

ނަސްރީ އެންމެ ފުރަތަމަ ސަސްޕެންޑުކުރީ 2017 ވަނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހުއެވެ. ނަސްރީ ސަސްޕެންޑް ކުރީ 2016 ވަނަ އަހަރު އެމެރިކާގެ ލޮސްއެންޖަލިސްގެ ކްލިނިކަކުން ”ޑްރިޕް ޓްރީޓްމެންޓެއް“ ނަމަކަށް ކިޔާ މަނާ ޓްރީޓްމަންޓެއް ނެގުމުންނެވެ. އެ ޓްރީޓްމެންޓްގައި ނަސްރީގެ ގަޔަށް ވަނީ އަވަހަށް ރިކާވާވުމަށް ބޭނުންވާ ބޭހެއް ބޭނުން ކޮށްފަ އެވެ. އޭނާ އެ އިންޖެކްޝަން ޖެހީ ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ އިތުރަށެވެ.

އެކްޓިވް އެތުލީޓުންނަށް ކަނޑައެޅިފައިވާ މިންގަކީ ކޮންމެ ހަ ގަޑިއިރަކުން 50 މިލިލީޓަރުގެ އިންފިއުޝަނެވެ. ނަމަވެސް ނަސްރީ ވަނީ ލޮސްއެންޖަލިސްގެ ހުންނަ ކުްލިނިކުން 500 މިލިލީޓަރު އިސްތިއުމާލް ކޮށްފަ އެވެ. އޭނާ ފަރުވާ ހޯދީ ލޮސްއެންޖަލިސްގައި އޭނާ ހުރި ހޮޓަލަށް ކްލިނިކްގެ ޑޮކްޓަރުން ގެންގޮސްގެނެވެ.

އޭރު އޭނާ ކުޅެމުން ދިޔައީ މެންޗެސްޓާ ސިޓީގެ ލޯން އުސޫލުން ސެވިއްޔާއަށެވެ. އޭނާ ވަނީ ސެވިއްޔާއަށް 30 މެޗު ކުޅެ ތިން ލަނޑު ޖާހާފަ އެވެ. މިދިޔަ އަހަރު ފެބްރުއަރީ މަހު ސެވިއްޔާއިން ވަނީ ނަސްރީ އެއްވެސް ބޭހެއް ބޭނުން ކޮށްފައި ހުރިތޯ ބަލައި ދިނުމަށް ޔޫއެފްއާގެ ކިބައިން އެދިފަ އެވެ.

ނަމަވެސް އެފަހަރު ނަސްރީ އެކަމަށް ދެކޮޅު ހެދި އެވެ. ފަހުން ސްޕޯޓްސް އާބިޓްރޭޝަން ކޯޓުން ވަނީ އެކަމަށް ފުރުސަތު ދިނުމަށް ނަސްރީއަން އަންގާފަ އެވެ.

ނަސްރީ 31، އެންމެ ފަހުން ކުޅުނީ ތުރުކީގެ އަނަޓޯލިޔަސްޕޯރް އަށެވެ. އޭނާ ވަނީ މި އަހަރުގެ ޖަނަވަރީއާ ހަމަޔަށް އެ ޓީމަށް ކުޅެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.