ޚަބަރު ފީތާ

އީދު ބަންދާއި ގުޅުވައިގެން އޮގަސްޓް 19 ވަނަ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް: ފައިލް ފޮޓޯ

އީދު ބަންދާއި ގުޅުވައިގެން އޮގަސްޓް 19 ވަނަ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނިންމަވައިފިއެވެ.

މިގޮތަށް ނިންމެވީ ދިވެހި ކަލަންޑަރުގައި ވާގޮތުން ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ 12 އޮގަސްޓްކަމަށް ވެއްޖެނަމައެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ވިދާޅުވީ 19 އޯގަސްޓް އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި  ރައީސުލްޖުމްހޫރިއްޔާ މިހަމަޖެއްސެވީ މެދުކެނޑުމެއްނެތި މުވައްޒަފުންނަށް އީދު ބަންދު ދުވަސްތައް ލިބިދިނުމަށްޓަކައި ކަމަށެވެ.

މިގޮތަށް ހަމަޖެއްސެވުމުން އޮގަސްޓް 16 ވާ ބުރާސްފަތި ދުވަހަށް ފަހު ސަރުކާރުގެ އޮފީސްތައް ބަންދުވުމަސްފަހު، ދެން ސަރުކާރު އޮފީސްތައް ހުޅުވޭނީ އޮގަސްޓް 26 ވާ އާދީއްތަ ދުވަހުއެވެ. އެހެންކަމުން މިފަހަރު ބޮޑު އީދު ބަންދުގެ ގޮތުގައި 9 ދުވަސް ލިބިގެންދާނެއެވެ.

އީދު ޗުއްޓީއަށް ގެނައި ބަދަލާއި ގުޅިގެން މިފަހަރު އީދުގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ ޢަދަދު އިތުރުވެގެން ދާނެއެވެ.

Rate this post