
ހިޔާ އެކޮމްޕްލިޝްޑްއަށް އަންނަ މަހުގެ ފޯމް ދޫކުރަން ނިންމައިފި
ހިޔާ އެކޮމްޕްލިޝްޑްއަށް އަންނަ މަހުގެ 7 ވަނަ ދުވަހު ފޯމް ދޫކުރަން ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ގާތް ގަޑަކަށް ތިން ލައްކަ ފަނަރަ ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްޤީކުރާ ”ވިލިމާލެ-2“ އިން ފްލެޓް ދިނުމަށް ހަމަޖެހިފައިވަނީ ގުޅީފަޅުން ކަމަށެވެ. އަދި ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ޖެހިގެން އޮތް ފުށި ދިއްގަރު ފަޅު ހިއްކައިގެން ކަމަށެވެ.
މިއީ ގުޅީ ފަޅާއި ފުށި ދިއްގަރު ފަޅު ގުޅާލައި ފްލެޓާއި ބިން ބޭނުންވާ 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަށާފައިވާ މަޝްރޫޢެކެވެ.
ހައުސިންގ މިނިސްޓްރީން ބުނީ ބިމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތުވެސް އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.