އަލީ އަޝްފާޤަކީ އަދިވެސް ރާއްޖޭގައި ހުރި އެންމެ މޮޅުކުޅުންތެރިޔާ

އަލީ އަޝްފާގް (ދަގަނޑޭ)ގެ ނަމަކީ އެންމެހާ ދިވެހިން ދަންނަ މަސްހޫރު ނަމެކެވެ. ދުނިޔޭގެ ފުޓްބޯޅަ ރެކޯޑްތަކަށް އަރާފައިވާ މިކުޅުންތެރިޔާގެ ފެންވަރާ،އޭނާގެ ކުޅުމުގެ ވާހަކައަކީ އަޅުގަނޑުމެންގެ ތެރޭގައި މިހާރުވެސް އާއްމު ވާހަކައެކެވެ.

ބެންފީކާ ފަދަ ދުނިޔޭގެ ތާރީޚީ ބޮޑު ކްލަބަކުން އަޝްފާގަށް ޝައުޤުވެރިވި ވާހަކައާއި އެކި ގައުމުތަކުގެ ގައުމީ ޓީމަށް މިހާރު ކުޅޭ ކުޅުންތެރިންގެ ތެރެއިން ގައުމަށް އެންމެ ގިނަ ގޯލްޖަހާފައިވާ ކުޅުންތެރިންގެ ލިސްޓްގެ ހަތަރުވަނައިގައި އޮތީ މި ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ، އަޝްފާޤްކަން އެންމެންނަށްވެސް އެނގެއެވެ.

އިޝްތިހާރު Below Header ad

އެހެން ނަމަވެސް އަންނަ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ސުޒުކީ ކަޕަށް އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމުގެ 30 ކުޅުންތެރިންގެ ސްކޮޑުގައި ރާއްޖޭގައި އަލީ އަޝްފާގު (ދަގަނޑޭ) ހިމަނާފައެއް ނުވެއެވެ. މިއާއެކު ގިނަ ބަޔަކު ދަނީ ބޮޑެތި ފާޑުކިޔުންތަކެއް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކްރޮއޭޝިއާގެ ކޯޗު ޕީޓަރ ސެގާޓްއަށް އަމާޒުކުރަމުންނެވެ.

ދަގަނޑޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސާފް ސުޒުކީ ކަޕްގައި ވާދަކުރާ ގައުމީ ޓީމަށް ކާމިޔާބީއަށް އެދޭ ކަމަށާއި އަލުން ރާއްޖެ އަށް ތަށި ގެނެސްދިނުމަށް އެދޭ ކަމަށެވެ.

އަދި  މިފަހަރުގެ ސާފް ސުޒުކީ ކަޕްގައި ކުޅުމަށް  ބޭނުންވި ކަމަށާއި، އެކަމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ގައުމީ ސްކޮޑު އެކުލަވާލުމަށް  ބޭއްވި ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގާޓް ވާހަކަ ދައްކަމުން ބުނެފައިވަނީ ދަގަނޑޭ ސްކޮޑުގައި ނުހިމެނީ އާ ޖީލަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ސެގާޓް ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ދަގަނޑޭއާ އެއް އުމުރުގެ މިޑްފިލްޑަރު މުހައްމަދު އާރިފް (ބަކާ) ވަނީ 30 ކުޅުންތެރިންގެ ސްކޮޑުގައި ހިމަނާފައެވެ. މީގެ އިތުރުން އަކުރަމް އަބްދުލްޣަނީ ވެސް ވަނީ 30 ކުޅުންތެރިންގެ ސްކޮޑުގައި ހިމަނާފައެވެ.

ދަގަނޑޭ މި ސީޒަނުގައި މިހާތަނަށް 25 ލަނޑު ޖަހާފައިވާއިރު، އޭގެ ތެރޭގައި އޭއެފްސީ ކަޕްގައި ޖެހި ހަ ލަނޑު ހިމެނެއެވެ. ދަގަނޑޭ އަކީ މި ސީޒަނުގައި އެންމެ ގިނަ ލަނޑު މިހާތަނަށް ޖަހާފައިވާ ކުޅުންތެރިޔާވެސް މެއެވެ. މި ސީޒަނުގައި ދަގަނޑޭ ދައްކަމުންދާ މޮޅު ކުޅުމާއެކު، ގައުމީ ޓީމަށް ދަގަނޑޭ ނުނަގަންވީ ސަބަބެއް ނެތެވެ. ގައުމީ ޓީމުގެ ޖާޒީގައި ދަގަނޑޭ ކުޅޭތަން ބަލާލަން އެތައް ދިވެހިންނެއްް އަދިވެސް ތިބީ ކެތްމަދުވެފައެވެ.

ގޯލާ ރައްޓިހި ދަގަނޑޭ ވަނީ ރާއްޖޭ ގައުމީ ޓީމަށް ކުޅުނު 73 މެޗުގައި 53 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާއަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

އަޝްފާގަކީ ގައުމު ދުށް އެންމެ މޮޅު ކުޅުންތެރިޔާއެވެ. ގައުމީ ޓީމާއެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އުފުލާލި ރަން ޓީމުގެ ރަން ތަރިއެވެ. ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ދިވެހިންގެ ނަން ލިޔެލައި ދިން “ހީރޯ”އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.