ޚަބަރު ފީތާ

ޔޫތު ކަޕް 2018 އަށް ޒުވާނުންގެ ބޮޑު ތަރުޙީބެއް

މިއަހަރުގެ ޔޫތު ކަޕް 2018 އަށް ވަނީ ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައި ކަމަށް ޔޫތް މިނިސްޓްރީން ބުނެފިއެވެ.

ކޮންމެ އަހަރެއްގެ މިނިވަން ދުވަހާއި ދިމާކޮށް ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ކުޅިވަރުގެ މި މުބާރާތް ބާއްވާފައިވަނީ މި ޖުލައި 26 އަދި 27 މި ދެދުވަހު މާފަންނު ޔޫތު ސެންޓަރުގައެވެ. އަދި ތަފާތު ގިނަ ކުޅިވަރުތަކެއް ހިންގިފައިވާއިރު މުޅި ޖުމްލަ 973 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ޔޫތު ކަޕްގައިވެސް ވޮލީ ބޯލް، ހޭންޑް ބޯލް، ބާސްކެޓް ބޯލް، ޓޫ އޮން ޓޫ ފުޓް ބޯޅަ އާއި ޕީއެސް 4 ޓޯނަމަންޓް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ދެ ޖިންސުގެ ޒުވާނުންނަށް ފުރުސަތު ދީގެން ކުރިއަށް ގެންގޮސްފައިވާ މި ޓޯނަމަންޓްތަކުގައި 39 ޓީމު ބައިވެރިވެފައިވެއެވެ. އަދި ޕީއެސް ޓޯނަމަންޓްގައި 638 ޒުވާނުން ބައިވެރިވެފައި ވެއެވެ.

ޔޫތު ކަޕަށް، އަހަރަކަށް ވުރެ އަހަރެއް ޒުވާނުންގެ ތަރުހީބު ބޮޑު ވަމުންދާއިރު، ވަނަތައް ހޯދި ޒުވާނުންނަށް ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމު ވަނީ ދީފައެވެ.

މި އަހަރުގެ ޔޫތު ކަޕަށްވެސް ގިނަ ފަރާތްތަކަކުން ވަނީ އެހީ ތެރިވެދެއްވާފައެވެ. އެގޮތުން އެންޒީ، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން، މޯލްޑިވްސް އީ ސްޕޯޓިންގ އެސޯސިއޭޝަން އަދި ޓުގެދަރ އޭޒް ވަން ފާހަގަކޮށްލެވެ އެވެ.

Rate this post