ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަން ލިބިގަތުމަށް ތައްޔާރުތޯ ؟

ދުނިޔޭގެ އެދުވަސްތަކެއްގެ މައްޗަށް އިރުއަރާ އެންމެ މާތް ދުވަސްތައް އަޅުގަނޑުމެންނާއި ކައިރިވަނީއެވެ. އެއީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. އެދުވަސްތަކުން އަޅުގަނޑުމެންނަށް ހެޔޮކަމެއް ލިބިގަނެވެން އޮތީ ކިހިނަކުންތޯ ބަލައި އެހެޔޮކަން ލިބިގަތުމަށް މަސައްކަތްކުރާ މީހުންގެ ތެރޭގައި ވޭތޯ ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ.

އެހެނީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މިއީ އަހަރުތެރޭގައި އަންނަ އެންމެ މާތް ދިހަދުވަހެވެ. ރޯދަމަހުގެ ފަހު ދިހަ ދުވަހަށްވުރެވެސް މިދުވަސްތައް މާތްވެގެންވާ ކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެހެން ކަމުން ރޯދަމަސް ފަދައިން ޝައިތާނާ ދުނިޔެ މައްޗަށް އިރުއަރާ އެންމެ މާތް ދުވަސްތަކުން އަޅުގަނޑުމެން މަހުރޫމުކޮށްލަން ކުރަމުންދާ މަސައްކަތްކަތުގެ މަޅީގައި ޖެހޭ މީހުން ކަމުގައި އަޅުގަނޑުމެން ނުލައްވާށިއެވެ.

އަޅުގަނޑުމެން މިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހެޔޮރަޙުމަތަށް އަބަދާއި އަބަދު ބޭނުންވެފައެވެ. ވީމާ އެއިލާހު އަޅުގަނޑުމެންގެ މައްޗަށް ކަނޑައަޅުއްވާފައިވާ މާތްދުވަސްތަކުގެ މާތްކަމުން މާތްކަން ލިބިގަންނަ މީހުންގެ ތެރެއިން އަޅުގަނޑުމެން ވަމާތޯއެވެ.

ދުޢާއަކީ އަޅުގަނޑުމެން އެންމެނަށް މިކަމުގައި ސާބިތުކަން ދެއްވުމެވެ. މިއަހަރު ޙައްޖު މަސް ފެށެނީ އޯގަސްޓް މަހުގެ 12 ވާ އާދީއްތަދުވަހުގައެވެ.

ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން

ހ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ.

وَالْفَجْرِ‌ ﴿١﴾ وَلَيَالٍ عَشْرٍ‌ ﴿٢

މާނައިގެ ތަރުޖަމާޢީ: އަދި ފަޖުރުވަޤުތު ގަންދެއްވަމެވެ  (1).

އަދި ދިހަ ރޭ  ގަންދެއްވަމެވެ. (2)

ތަފުސީރު އިބުނު ކަޘީރުގައި އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ބަޔާންކުރައްވައެވެ. ފަޖުރުގެ މުރާދަކީ ނަޙުރުގެ (އީދު) ދުވަސް ޚާއްޞަކޮށެވެ. އެއީ ޛުލްހިއްޖާމަހުގެ( ފުރަތަމަ) ދިހަ ދުވަސް ނިމޭ ދުވަހެވެ. އަދި އެއީ އެދުވަހުގެ އެވަޤުތުގައި ކުރެވޭ ނަމާދުކަމަށްވެސް އިކުރިމާ ރިވާކުރައްވާ ފަދައިން ބުނެވެއެވެ. އަދިި ދިހަރޭގެ މުރާދަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވަނީ އެއީ ޛުލްހިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަސްކަމުގައެވެ.

ﷲ ސުބުހާނަހޫ ވަތަޢާލާ އެއެއްޗެއްގެ ގަންދެއްވައި ވަޙީކުރައްވާފައިއެވަނީ އެވަޤުތުތަކުގެ މާތްކަމުގެ ސަބަބުންނެވެ. މިކަން އެނގިގެންދަނީ ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަގެ ތިރީގައިވާ ނޫނުގައިވާ އަންނަނިވި ހަދީޘްބަސްފުޅުންނެވެ.

ށ. ﷲ ސުބުހާނަހޫ ވަތަޢާލާ ޙައްޖުސޫރަތުގެ 28 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.

وَيَذْكُرُ‌وا اسْمَ اللَّـهِ فِي أَيَّامٍ مَّعْلُومَاتٍ

މާނައިގެ ތަރުޖަމާއީ: އަދި ކަނޑައެޅި ބަޔާންވެގެންވާ ދުވަސްތަކުގައި އެބައިމީހުން ﷲ އިސްމުފުޅުގެ މަތިން ހަނދުމަކުޅައުމަށްޓަކައެވެ.

މިއާޔަތުގެ ތަފުސީރުގައި އިބުނު އައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވަނީ އެދުވަސްތަކަކީ ތަކަކީ ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަދުވަހެވެ. ބައްލަވާ ފަތުޙުލް ބާރީ ނ.ގައިވާ ޙަދީޘްގެ ޝަރަޙަ އަދި ތަފުސީރު އިބުނު ކަޘީރު. ވީމާ އަޅުގަނޑުމެން މިދުވަސްތަކުގައި ﷲ ސުބުހާނަހޫ ވަތަޢާލާ މަތިން ހަނދުމަކޮށް ޛިކުރުކޮށް ތަކުބީރު ތަޙުލީލު ކިޔާ އުޅެން ޖެހެއެވެ.

ށ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ޙަދީޘެއްގެ މާނާގައި ވެއެވެ.

“ ދުވަސްތަކުގެ ތެރެއިން އެއްވެސް ދުވަހެއްގައި މި ދިހަ ދުވަހުގައި(ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަސްކުރެވޭ ޢަމަލުތަކަށްވުރެ މާތްވެގެންވާ ޢަމަލުތަކެއް ﷲ ޙަޟްރަތުގައި ނުވެއެވެދެން ޞަހާބީ ބޭކަލުން ދެންނެވިއެވެއޭ ﷲގެ ރަސޫލާއެވެﷲގެ މަގުގައި ޖިޙާދުކުރުންވެސް ތޯއެވެ؟ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. : ( ޖިޙާދުކުރުންވެސް މެއެވެއެއީ އެމީހެއްގެ ނަފުސާއި މުދަލާއި އެކު ޖިޙާދަށް ނުކުމެ އޭގެން އެއްވެސް އެއްޗަކާއިގެން އެނބުރި ނައިމީހާ ފިޔަވައެވެ)

މިޙަދީޘްގެ ޝަރަހައިގައި ފަތުޚުލްބާރީގައި އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. (ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަހު އެހާ މަތިވެރިވުމުގެ ސަބަބެއް ފާޅުވަނީ އެމަހެއްގައި އެންމެ ބޮޑެތި އަޅުކަންތައްތައް ޖަމާވާ ދުވަސްތައްކަމުގައި ވާތީއެވެއެއީ ނަމާދާއި ރޯދައާއި ޞަދަޤާތްކުރުމާއި އަދި ޙައްޖެވެއެނޫން އެހެން ދުވަސްތަކެއްގައި މިއަޅުކަންތައް ޖަމާނުވެއެވެ. )

އަދިވެސް ތަބަރާނީއާއި އަދި މުސްނަދު އިމާމު އަޙުމަދުގައި އައިސްފައިވާ ހަދީޘެއްގައިވެއެވެ. .

ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާކުރައްވައެވެ.

މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެއެދުވަސްތަކަކަށްވުރެ ﷲގެ ޙަޟްރަތުގައި މާތްވެގެންވާ އަދި އެދުވަސްތަކުގައި ކުރާ ޢަމަލުތަކަށްވުރެ އެއިލާހުގެ ޙަޟްރަތުގައި މާތްވެގެންވާ އެހެން ދުވަސްތަކެއް މި ދިހަ ދުވަހުގައި މެނުވީ ނުވެއެވެފަހެ އެދުވަސްތަކުގައި ތިޔަބައިމީހުން ތަހުލީލާ(لا إله إلا الله ތަކުބީރާ އަދި ތަޙްމީދު(ޙަމްދުކުރުންގިނަކުރާށެވެ.

މިޙަދީޘްތަކުން ލިބޭ ފައިދާތައް

ހﷲގެ ހަޟްރަތުގައި އެންމެ މާތް ދުވަސްތަކަކީ ޛުލްހިއްޖާމަހުގެ ފުރަތަމަ ދިހަދުވަސްކަމާއި އަދި ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ މިދުވަސްތަކުގައި ކުރާ ހެޔޮކަންތައްތައްކަން

ށމިދުވަސްތަކުގައި ކުރާ ހެޔޮޢަމަލުތައް އެންމެ މާތް އެއްކަންތައްކަމަށްވާ ޖިޙާދުކުރުމަށް ވުރެވެސް މޮޅު އިތުރުވެގެންވާކަން

ނ.ޖިޙާދު ކުރުމުގެ މާތްކަން.

ރއަދި ތަހުލީލާ ތަކުބީރު ކިޔުމާއި އަދި ﷲއަށް ހަމްދުކުރުން ގިނަކުރުންފަހެ މިހުރިހާ ކަމަކީ ﷲގެ މަތިން ހަނދުމަކުރުމުގެ ތެރޭން ހިމެނޭ ކަންކަމެވެ.

އެދުވަސްތަކުގައި ކުރެވިދާނެ ޢަމަލުތައް

ހއަރަފާތް ދުވަހުގެ ރޯދަ ހިފުން

ފަހެ ޢަރަފާތް ދުވަހަކީ ޙައްޖުވެރިން ޢަރަފާތުގައި ތިބޭ ދުވަހެވެއެއީ ޛުލްހިއްޖާ މަހުގެ ވަނަ ދުވަހެވެމިދުވަހު ޙައްޖު ނުކުރާ މީސްތަކުންނަށް ރޯދަ ހިިފުން ސުންނަތްވެގެންވެއެވެއަދި ހައްޖުކުރާ މީސްތަކުންނަށް ރޯދަހިފުމެއް ނުވެއެވެއަދި މިދުވަހުގެ ރޯދައާއި ބެހޭ ގޮތުން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވެއެވެ:” صيام يوم عرفه أحتسب على الله أنه يكفر السنة التي قبله والسنة التي بعده ” [ رواه مسلم ]

ތަރުޖަމާޢީޢަރަފާތް ދުވަހުގެ ރޯދައަކީ އަންނަން އޮތް އަހަރާއި އަދި އޭގެ ކުރިން އޮތް އަހަރުގެ ފާފަ ފުއްސަވާނެ ރޯދައެއްކަމަށް ﷲއަށް ތިމަންކަލޭގެފާނު އުއްމީދުކުރައްވަމެވެ

އަދި އެހެން ޙަދީޘްފޮތްތަކުގައި ސީދާ ކުރީއަހަރާއި ފާއިތުވީ އަހަރުގެ ފާފަ ފުއްސަވާނެ ރޯދައެއްކަމަށް އައިސްފައިވެއެވެ.

މިފަހަރު ޢަރަފާތް ދުވަހަކީ މިލާދީގޮތުން  25  އޮކްޓޯބަރުވާ ބުރާސްފަތި ދުވަހެވެ.

ށތަހުލީލާ ތަކުބީރާއި ތަހްމީދުން ﷲ މަތިން ޛިކުރު ކުރުން

އަންނަނިވި ޢިބާރާތްތަކުން ތަކުބީރު ކިޔިދާނެއެވެ.

ހاللّهُ أَكْبَرُ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ كَبِيرَا.

ށاللّهُ أَكْبَرُ ، اللّهُ أَكْبَرُ ، لا إله إلا الله ، وَاللّهُ أَكْبَرُ ، واللّهُ أَكْبَرُ ،وَلِلّهِ الْحَمْدُ

ނ.اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، لاَ إِلَهَ إِلاَّ اللّه ،وَاللّهُ أَكْبَرُ ،اللّهُ أَكْبَرُ ، وَلِلّهِ الْحَمْدُ

ނ. ރޯދަހިފައި ޤުރުއާން ކިޔެވުން

މިދުވަސްތަކުގައި ރޯދަހިފައި ޤުރުއާން ކިޔެވުން އިތުރުކޮށް ސަދަޤާތްދީ އުޅުން ގިނަކުރުން

قال صلى الله عليه وسلم : ” ما من عبد يصوم يوماً في سبيل الله إلا باعد الله بذلك اليوم عن وجهه النار سبعين خريفاً ” [ متفق عليه ]

މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނަިއގައިވެއެވެ.

ފަހެ ﷲއަށްޓަކައި ރޯދައެއް ހިފައިފި އަޅަކަށް އޭނާގެ މޫނު އެދުވަހެއްގައި ހަތްދިހަ ހާސް އަހަރުގެ ރާސްތާއަށް ނަރަކައިން ދުރުކުރައްވާނެއެވެ.

އަދި އެހެންހަދީޘެއްގައި އައިސްފައިވަނީ ޤިޔާމަތްދުވަހުން އެހެން އެއްވެސް ހިޔަލެއްނުވާ ދުވަހު ހިޔާދެއްވޭ މީހުންގެ ތެރޭގައި އެއްއަތުންދޭ ސަދަޤާތް އަނެއްއަތަށް ނޭންގި ކުރާ މީހާ ހިމެނެއެވެ. ވީމާ ޞަދަޤާތްދިނުމަކީވެސް ނުހަނު ހެޔޮވެގެންވާ ކަމެކެވެ.

ރ. ސުންނަތް ނަމާދުތައް ގިނަކުރުން

މިދުވަސްތަކުގައި ފަރުޟު ނަމާދުގެ އިތުރުން ސުންނަތް ނަމާދު ވީހާވެސް ގިނައިން ކޮށް ރޭގަނޑުވެސް ދަމުނަމާދު ވީވަރަކުން ކުރެވޭތޯ ބެލުން .

ފަހެސުންނަތް ކަންގަދަވެގެންވާ ރަވާތިބު ނަމާދުތަކާއި ބެހޭގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ރެޔަކާއި ދުވާލު ބާރަ ރަކުޢަތް ސުންނަތްކަން ގަދަވެގެންވާކޮށްފިމީހާގެ މައްޗަށް އެއަމަލުގެ ސަބަބުން އޭނާއަށް ސުވަރުގޭގައި ގެޔެއް ބިނާކޮށްދެވޭނެއެވެ.

ބއަދި ވީވަރަކުން އެންމެހާ ހެޔޮ ޢަމަލުތަކުގެ މަތީގައި ފައިތިލަ ސާބިތުކުރެވޭތޯ ބެލުން.

އެއީ އެންމެ ކުޑަމިނުން މަޤުމަތިން އެއްޗެއް އެއްފަރާތްކޮށްލުމާއި އަދި މިސްކިތުން ނެރޭ ކުޑަކުނިކޮޅެއްނަމަވެސް މެއެވެ.

ރ. އުޟްޙިޔާ ކަތިލުން

އެއީ ޢީދު ދުވަހު ގެރި ބަކަރި ޖަމަލު މިފަދަ ޤުރުުބާނެއް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުރުމެވެ.

އަދި ޢީދު ދުވަހު ރޯދަހިފުމަކީ ހަރާމްވެގެންވާ ކަމެކެވެ.

ވީމާ ދުޢާއަކީ އަޅުގަނޑުމެން އެންމެނަށް މި ހެޔޮ ޢަމަލުތައް ކުރުމުގެ ތަޢުފީޤު ދެއްވައި މިމަތިވެރި ދުވަސްތަކުގެ ހެޔޮކަމުން ހެޔޮކަން ލިބިގަންނަ މީހުންކަމުގައި ލެއްވުމެވެ

މައުލޫމާތް ނެގީ ދިސަލަފިއްޔާއިން

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.