ޚަބަރު ފީތާ

ލަކް އެއަރ އިން މިހާރު އެއްޓިކެޓަށް ވުރެ ގިނަ ޓިކެޓް އެކަކަށް ގަނެވޭނެ..

ބަޖެޓް އެއަރ ލައިނެއް ކަމަށްވާ ލަކް އެއަރ އިން މިހާރު އެއްޓިކެޓަށް ވުރެ ގިނަ ޓިކެޓް އެކަކަށް ގަނެވޭނެކަމަށް އެ އެއަރ ލައިން ހިންގާ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނީގެ އޮފިޝަލަކާއި ޙަވާލާދީ ޚަބަރުފަތުރާ ފަރާތްތަކުން ބުނީ މީގެ ކުރިން ކޮންމެ ޕަސިންޖަރަކަށްވެސް ގަނެވޭނީ އެންމެ ޓިކެޓެއް ކަމަށާއނަމަވެސް މިހާރު އެ އުސޫލު ދޫކޮށްލާފައިވާ ކަމަށެވެ.

ކުރިން އެގޮތަަށް ނިންމާފައިވަނީ ވީހާވެސް ގިނަ ޕަސިންޖަރުންނަށް އެ އެއަރ ލައިނުން ދަތުރުކުރުމުގެ ފުރޞަތު ދިނުމަށް ކަމަށާއި އެހެންނަމަވެސްއެކަމާ ގިނަ ޕަސިންޖަރުން ޝަކުވާ ކުރަމުން އައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެކަކަށް ގިނަ ޓިކެޓް ގަނެވުނު ނަމަވެސް، ޓިކެޓް އެގޮތަށް ދޫކުރާނީ ފްލައިޓުގެ ޖާގަ އޮތް ވަރަކުންނާއި ލަގެޖުގެ ބަރުދަނަށްވެސް ބެލުމަށްފަހު ކަމަށެވެ. އަދި 24 ގަޑި އިރާއި 72 ގަޑިއިރުގެ ތެރޭގައި ޓިކެޓް ގަންނަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

Rate this post