ޔޫތު ކަޕް ޕީއެސް 4 ޓޯނަމަންޓުގައި ބައިވެރިވި ޒުވާނުންގެ އަދަދު 638 އަށް

ޔޫތު މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިޔަ ޔޫތު ކަޕް 2018ގެ ޕީއެސް 4 ޓޯނަމަންޓްގައި 638 ޒުވާނުން ބައިވެރިވެފައިވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

މި ޖުލައި މަހުގެ 26 އަދި 27 ގައި މާފަންނު ޔޫތު ސެންޓަރުގައި ކުރިއަށް ގެންދިޔަ ޔޫތު ކަޕް 2018ގެ ޕީއެސް 4 ޓޯނަމަންޓުގައި ފީފާ 2018 އަދި ޕަބްޖީ ކުޅެވުނު އިރު، އީ ސްޕޯޓިންގ އަށް ހުނަރުވެރި ޒުވާނުންތަކެއް ފެނިގެން ގޮސްފައިވާކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އިޝްތިހާރު Below Header ad

ޔޫތް މިނިސްޓްރީން ބުނީ އެހެން އަހަރުތަކާ އަޅާ ބަލާއިރު މި އަހަރުގެ ޔޫތު ކަޕަށް، ޒުވާނުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

ޕީއެސް 4 ޓޯނަމަންޓްގައި ބައިވެރިވެ ވަނަ ހޯދާފައިވާ ޒުވާނުންނަށް ތައްޓާއި މެޑަލްގެ އިތުރުން ފައިސާގެ އިނާމްވެސް ލިބިފައިވާ އިރު، ވަނަތައް ހާސިލްކުރި ޒުވާނުންނަށް އެންޒީގެ ފަރާތުން ހަދިޔާކުރި ގިފްޓް ޕެކެއްވެސް ވަނީ ދީފައެވެ.

މި އަހަރުގެ ޔޫތު ކަޕަށްވެސް ގިނަ ފަރާތްތަކަކުން އެހީތެރިވެދެއްވާފައިވާ އިރު، އޭގެ ތެރޭގައި އެންޒީ، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން، މޯލްޑިވްސް އީ ސްޕޯޓިންގ އެސޯސިއޭޝަން އަދި ޓުގެދަރ އޭޒް ވަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.