ޚަބަރު ފީތާ

ރީ ރެޖިސްޓްރޭޝަނަަށް ހުށަހަޅާ ހުރިހާ ފޯމެއްގެ ސައްޙަކަން ޔަޤީންކުރާނަން: އީސީ

ރީ ރެޖިސްޓްރޭޝަނަަށް ހުށަހަޅާ ހުރިހާ ފޯމެއްގެ ސައްޙަކަން ޔަޤީންކުރާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރީ ރެޖިސްޓްރޭޝަން ފޯމް ހުށަހެޅުމުގައި އޮޅުވާލުންތައް ހުރިކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ. އަދި އެ ކޮމިޝަނަށް ހުށަހަޅާ ހުރިހާ ފޯމެއްގެ ސައްޙަކަން ކަށަވަރު ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ.


 

އީސީ އިން ބުނެފައިވަނީ ސެޕްޓެމްބަރު 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ރީ-ރެޖިސްޓްރީވުމަށް މިހާތަނަށް 8000 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި މިއީ 2013 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ގިނަ ޢަދަދެއް ކަމަށެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްތަކުގައި ދިރިއުޅޭ އިރު،  2013 ވަނަ އަހަރުގެ އިންތިޚާބަށް 60000 މީހުން ވަނީ ރީ ރެޖިސްޓްރީވެފައެވެ.

 

Rate this post