މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން މިއަދު އޮންނާނެ..

ދިވެހިރާއްޖޭގެ 53 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން މިއަދު އޮންނާނެއެވެ.

އެމްއެންޑީއެފް އިން ބުނީ ޝަރަފްގެ ހިނގާލުން އޮންނާނީ މާލޭސިޓީގައި ކަމަށެވެ. އަދި ހިނގާލުން 16:00 ގައި ފެށުމަށް ހަމަޖެހިފައިވާނީ ބަންޑާރަކޮށިން ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

އެ އިދާރާއިން ބުނީ ޝަރަފްގެ ހިނގާލުން އޮންނާނީ ބަންޑާރަކޮށިން ނިކުމެގެން ބޮޑުތަކުރުފާނުމަގުން ޖުމްހޫރީ މައިދާނުން ހުޅަނގަށް ގޮސް ޗާންދަނީމަގުން އޯކިޑްމަގަށް އަޅައި، މަޖީދީމަގުން އިރަށް ގޮސް ސޯސަންމަގުން މެދުޒިޔާރަތްމަގަށް އެޅުމަށްފަހު ވެލާނާ ބިލްޑިންގ ކައިރިން އަމީރުއަޙްމަދު މަގަށް އަޅައި ބަންޑާރަކޮއްޓަށް ނިންމާ ގޮތަށް ކަމަށެވެ.

ޝަރަފުގެ މިހިނގާލުމުގައި މާލޭގެ އެކި ތަންތަނަށް ހުއްޓާ ސިފައިންގެ ބޭންޑުގައި ރާގުތައް ކުޅޭނެއެވެ. އެގޮތުން ހިލާލީގޭ ކުރިމަތީގައާއި، މަޖީދީމަގުން ކުރީގެ އޯޑިއޯން ހުރި ސަރަހައްދުގެ ކުރިމަތީގައާއި، ރަސްމީ ބޯޅަދަނޑު ކުރިމަތިން އަދި ސޯސަންމަގުން ސޯސަންގެ ކުރިމަތީ މަޑުކޮށް ރާގުތައް ކުޅުމަށް ވަނީ ނިންމާފައެވެ.

މިއަދުގެ ޝަރަފުގެ ހިނގާލުމުގައި ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވާނެ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މިއަހަރުގެ ޝަރަފުގެ ހިނގާލުން ކުރިން ބޭއްވުމަށް ނިންމީ 27 ޖުލައި ވީ ހުކުރު ދުވަހުއެވެ. ނަމަވެސް ކުޅިވަރުތައް ފަސްކުރުމާއި ގުޅިގެން ޝަރަފުގެ ހިނގާލުން މިއަދު ބޭއްވުމަށް ހަމަޖެއްސީއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.