ސަމާލުވޭ! ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުން އެކަށީގެންވޭ..

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަކަށްވެސް އުދަ އަރާފާނެކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާރޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު މެންދުރު 12:30 އިން ހަވީރު 16:30 އަށް ކަމަށެވެ. އަދި މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އުތުރުގެ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާނީ 13:31 ގައި ކަމަށާއި މެދުތެރޭގެ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާނީ 14:18ގައި ކަަމަށްވެސް މެޓް އޮފީހުން ބުންޏެވެ. އަދި ދެކުނުގެ ސަރަހައްދުތަކަށް 14:50 ގައި ދިޔަވަރު ބޮޑުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރާ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.