ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ދިފާޢީ ވަޒީރު އިލްތިމާސް ކުރައްވައިފި
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ދިފާޢީ ވަޒީރު އާދަމް ޝަރީފް ޢުމަރު އިލްތިމާސް ކުރައްވައިފިއެވެ.
ވަޒީރު ވިދާޅުވީ މިއަފުގެ މިހާތަނަށްވެސް ކަނޑުމަތީގެ ދެނހާދިޘާއެއް ހިނގާފައިވާ ކަމަށާއި އެހެެންކަމުން މޫސުމާއިބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ނޫނީ ކަނޑުދަތުރު ނުކުރެއްގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން މުދާ ހިފައިގެން ދަތުރުކުރައްވާ އުޅަނދަކީ އަމިއްލަ އުޅަނދަކަށް ނުވިނަމަވެސް، މޫސުމަށް ބަލައިގެން ދަތުރު ކުރެއްވުމަށްވެސް ފިފާޢީ ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.