ޚަބަރު ފީތާ

ނ. ކުޑަފަރީ ފަރަށް ޓަގު ބޯޓަކާއި ބާޖެއް އަރައިފި

ނ. ކުޑަފަރީ ފަރަށް ޓަގު ބޯޓަކާއި ބާޖެއް އަރައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ނ. ކުޑަފަރީ ފަރަށް ޓަގު ބޯޓަކާއި ބާޖެއް އަރައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި އެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާރޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ މިއަދު މެންދުރު 14:53 އެހާކަންހާ އިރުކަމަށެވެ.
މީގެ އިތުރުން އެ އިދާރާއިން ބުނީ ފަރަށް އަރާފައިވަނީ ރާދަފަތި ނަމަކަށްކިޔާ ޓަގު ބޯޓަކާއި ސިންގާސަނާ ނަމަކަށްކިޔާ ބާޖެއް ކަމަށެވެ.
އެހެންނަވަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ބުނިނަމަވެސް އުޅަނދަށް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުން އަންނަކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
މި ހާދިސާ ހިނގި އިރު، ބާޖާއި ޓަގު ބޯޓުގައި 8 ދިވެހިންނާއި ބިދޭސީއަކު ތިބި ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
އުޅަނދުގެ ވެރިފަރާތުން އުޅަނދު ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

Rate this post