އެއަރ އޭޝިއާގެ ބޯޓަކާއި ގަތަރު އެއަރވޭސްގެ ބޯޓެއްގެ ފިޔަގަނޑު ޖެހި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 09:15 އެހާކަންހާއިރުއެވެ. އަދި މިކަން ހިނގިކަމަށް އެއަރޕޯޓުންވެސް ވަނީ ބުނެފައެވެ.
އެހެންނަމަވެސް މިކަމާއިބެހޭ އިތުރު މަޢުލޫމާތެއް އަދި އެއްވެސް މީހަކަށް ނުވަތަ ބޯޓަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް ސާފުވާގޮތެއް ނުވެއެވެ.
ވީއައިއޭ އިން ބުނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.
ވީއައިއޭގައި ދެ ބޯޓެއްގެ ފިޔަގަނޑު ޖެހި އެކްސިޑެންޓެއް ހިނގައިފި.
