
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ ލ.އަތޮޅުން ފެށިގެން އުތުރުގެ ސަރަޙައްދަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އެންމެ ދެކުނުގެ އަތޮޅުތަކަށް މެންދުރުފަހުން ފެށިގެން ކެރީގެ އަސަރުކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދަރާއިން ލަފާކުރެއެވެ.
މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވަނީ، ޢާއްމުގޮތެއްގައި މަޑުން، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 03 މޭލާ 09 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 05 މޭލާ 13 ދެމެދު ބާރުމިނުގައި ވައިގަދަވާނެކަމަށެވެ.
އެ އިދާރާއިން ލަފާކުރާގޮތުގައި ވިލާގަނޑުގައި 30 މޭލަށް ވައިގަދަވެ ވިލާގަނޑުގައި ކަނޑުތައްވެސް ގަދަވާނެކަމަށެވެ. އަދި މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ. އެހެން ކަމުން މިވިއްސާރަ ދިގުދެމިގެން ދިއުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.



