އައި.ވައި.ސީ އަދި ރަފީ އެންޖީއޯ އާއި ޔޫތު މިނިސްޓަރ ބައްދަލު ކުރައްވައިފި.

ޔޫތު މިނިސްޓްރީން ޒުވާނުންގެ ކުރި އެރުމަށާއި، ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން 2 އެންޖީއޯއަކާއި މިނިސްޓަރ އިރުތިޝާމް އާދަމް ބައްދަލު ކުރައްވައިފި އެވެ. މިނިސްޓަރގެ ބައްދަލުވުމުގައި ބޮޑަށް އަލިއަޅުވާލައްވާފައިވަނީ ރާއްޖޭންނާއި، ރާއްޖޭން ބޭރުން ޒުވާނުންނަށް ލިބޭ ފުރުސަތުތަކާއި ގުޅޭ ގޮތުންނެވެ.

މިފަދަ ފުރުސަތުތައް ރާއްޖޭގެ ޒުވާނުންނަށް ލިބިދިއުމަކީ ޒުވާނުންނަށް ލިބިގެންދާ އިތުރު ހިއްވަރެކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ. އިންޓަނޭޝަނަލް ޔޫތު ކޮމިޓީގެ ޗެއާމަން ވަނީ ރާއްޖޭގެ ޒުވާނުނަށް ގިނަ ފުރުސަތުތަކެއް ދޭން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ސައުތު އޭޝިއަން ޔޫތު ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އެބޭފުޅާ ވަނީ މިނިސްޓަރ އިރުތިޝާމް އާދަމް އަށް ދައުވަތު އަރުވާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރަފީ އެންޖީއޯގެ ފަރާތުން އެ އެންޖީއޯގެ ފައުންޑިންގް ޕްރެޒިޑެންޓް ޑރ. އައިޝަތު ރަފިއްޔާ ވަނީ މިނިސްޓްރީން ދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ. އަދި ރާއްޖޭގެ ޒުވާނުން ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ހޯދަމުން އަންނަ ކުރިއެރުންތަކާއި، އެހެން ޤައުމު ތަކަށް ރާއްޖޭގެ ޒުވާނުން ދައްކަމުން އަންނަ ފުރިހަމަ ނަމޫނާ ފާހަގަކޮށް ހިއްވަރު ދެއްވާފައެވެ. އަދި މި ސަރުކާރުން ޒުވާނުނަށް ދޭ އަހަންމިއްޔަތު ފާހަގަކޮށް ޒުވާނުން ބާރުވެރިކުރުމަށް ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކުރައްވާ މަސައްކަތަށް ރަފީ އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.