ޚަބަރު ފީތާ

ރައީސް ޔާމީން މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް: ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް އިފްތިތާޙު ކޮށްދެއްވާފައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ޕީ.ޕީ.އެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަލްފާޟިލް ޢަބްދުއްރަޙީމް އަބްދުއްﷲ އާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލްފާޟިލް ޢަލީ ޝާހާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެފެއާޒް އަލްފާޟިލް މުޙައްމަދު ޣައްސާން މައުމޫން ބައިވެރިވެވަޑައިގެންނެވިއެވެ.

Rate this post