ރެއާލް މެޑްރިއާއި ޕޯޗުގަލް ތަރި އަދި ދުނިޔޭގެ މިވަގުތު ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ގެ ފެންވަރު ރޭ ސްޕެއިންނާއި ދެކޮޅަށް ކުޅުނު މެޗުގައި ދައްކާލުމުން ގިނަ ބަޔަކު ހައިރާންވެ ބަސްހުއްޓިއްޖެއެވެ.
ރޮނާލްޑޯ އަށް ފާޑުކިޔާ ގިނަ ފަރާތްތަކަކުން ވެސް ރޮނާލްޑޯއަށް ތައުރީފުގެ ބަސްތަށް ރައްދުކުރަމުން ގެންދާއިރު، އެފަރާތަކުން ބުނަނީ ރޮނާލްޑޯ މޮޅޭ ބުނަނީ ހަމަ ހަޤީޤަތުގައިވެސް އޭނާ މޮޅުވީމަކަމަށެވެ. ރޭގެ މެޗުގައި ސްޕެއިންއާ ދެކޮޅަށް ރޮނާލްޑޯ ދައްކާފައިވަނީ އާދަޔާ ޚިލާފު މޮޅުކުޅުމެއްކަމަށް ދުނިޔޭގެ ފުޓްބޯޅަ ތަޖުރިބާކުރާ ފަރާތްތަކުގެ އިތުރުން ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރޮނާލްޑޯ ރޭ ދައްކާފައިވާ ކުޅުމަށް އޭނާގެ އެކުވެރިން މަކުގައިވާ އިދިކޮޅު ސްޕެއިން ޓީމުގެ ޑިފެންޑަރ ސާޖިއޯ ރާމޮސްގެ އިތުރުން ބްރެޒިލްގެ ޑިފެންޑަރ މާސެލޯވެސް ހިމެނެއެވެ. މި ދެކުޅުންތެރިން ވަނީ ރޮނާލްޑޯއަށް އައުރީފް ކޮށްފައެވެ.
ގިނަ ތަރިންތަކެއް ހިމެނޭ ސްޕެއިން ޓީމުން މޮޅުވާންދަނިކޮށް ފަހުވަގުތު ލިބުނު ހިލޭޖެހުމަކުން ސްޕެއިންގެ ގޯލް ފޫއަޅުވާލިއިރު، އެޓީމުގެ ތަޖުރިބާކާރު ހުނަރުވެރި ގޯލްކީޕަރު ޑެ ހެއާ އަށް ހުރެވުނީ ހަރަކާތްކުރަން ނޭންގި ބަލަހައްޓައިގެންނެވެ. ރޮނާލްޑޯ ގެ މި ހިލޭޖެހުން ގޯލްގެ ތެރެއަށް ވައްދާލާފައިވަނީ ސްޕެއިންގެ ގިނަ ކުޅުންތެރިން ތަކެއް ގޯލް ކުރިމަތީ އަތުރާލައިވަނިކޮށް އެ ކުޅުންތެރިންގެ ބޯމަތިން ނެވެ.
ރޮނާލްޑޯ ރޭގެ މެޗުގައި ޖެހި ހިލޭޖެހުމަކީ ވަރަށް މޮޅަށް އައި ސީދާ އޭންގަލްއަށް ޖަހާފައިވާ ޖެހުމެއްކަމަށް ފުޓްބޯޅައިގެ މާހިރުން ބުނެއެވެ. އަދި އެ ބޯޅަ ދިފާއު ކުރުމަކީ އެއްވެސް ކީޕަރަކަށް ވުމަށް ވުރެއް ނުވުން ގާތް ކަމެއް ކަމަށް އެ ފަރާތްތަށް ބުނެއެވެ.
މި ގޯލާއެކު ރޭގެ މެޗުގައި ރޮނާލްޑޯ ހެޓްރިކް ހަދާފައިވާއިރު މިއީ އޭނާ އަށް އަނެއްކާވެސް އާ ރެކޯޑެކެވެ. 2018 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕުގައި ފުރަތަމަ ހެޓްރިކްހެދި ކުޅުންތެރިޔަކަށް ރޮނާލްޑޯވަނީ ވެފައެވެ.
މިއީ ރޮނާލްޑޯ މިގޮތަށް ކާމިޔާބުކުރާ ފުރަތަމަ ގޯލެއް ނޫނެވެ. އަދި ހެދި ފުރަތަމަ ހެޓްރިކެއްވެސް ނޫނެވެ. އޭނާއަކީ މިގޮތަށް ގިނަ ގޯލަތަކެއް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ. ރޭގެ މެޗުގައި ރޮނާލްޑޯ ދެއްކި މޮޅުކުޅުމާއި އެކު އޭނާއަށް ގިނަ ބައެއްގެ ތައުރީފު އޮހެމުންދާއިރު މިފަހަރުގެ ވޯލްޑްކަޕުގައި ޕޯޗުގަލް އަށް ސަޕޯޓް ކުރާ މީޙުންގެ އަދަދު ދުނިޔޭގައި އިތުރުވާނެކަމަށްވެސް ގިނަބަޔަކު ދެކެއެވެ. މިއީ ރޮނާލްޑާ އޭނާގެ ކެރިއަރުގައި ހެދި 51 ވަނަ ހެޓްރިކުކަން ފާހަގަކޮށްލެވެއެވެ.
Ronaldo fonikandanee eynage efenvaru hureema football thaareeh hugaves Ronaldo varuge kulhun theriyaku nufen naane ye bunumun dhogakah nuvaane