ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނާއެކު މިނިސްޓަރ ޒެނީޝާ ފިތުރު ޢީދު ފާހަގަކުރައްވައިފި

 

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ މަރުކަޒުތަކުގައި ބަލަހައްޓަމުން ގެންދާ ކުދިންނާއެކު މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ މި އަހަރުގެ ފިތުރު ޢީދު ދުވަސް ފާހަގަކުރައްވައިފިއެވެ. މިއީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނާއެކު އެ ކަމަނާ ފިތުރު ޢީދު ފާހަގަކުރައްވާ ތިންވަނަ އަހަރެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

Photo 2 1

ފިތުރު ޢީދުގެ މުނާސަބަތުގައި މިނިސްޓްރީން ވަނީ އެނިމޭޓަޑް ކާރޓޫން ފިލްމު ”ސިންގް“ ގެ ޚާއްޞަ ޝޯއެއް އޮލިމްޕަހުގައި މިއަދު ހެނދުނު އިންތިޒާމުކޮށްފައެވެ. އަދި، ފިޔަވަތީގައި ދިރިއުޅޭ އުމުރުން 4 އަހަރުން މަތީގެ 72 ކުދިންނާއެކު މިނިސްޓަރ ޒެނީޝާ މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތުގައި، ކުދިންގެ އިތުރުން ފިޔަވަތީގައި މަސައްކަތްކުރާ މުވައްޒަފުންނާއި، މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި މުވައްޒަފުންގެ ޢާއިލާތަކުން ވެސް ބައިވެރިވެފައިވެއެވެ.

Photo 4

މި ހަރަކާތް އިންތިޒާމުކޮށްފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)، ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ އެހީތެރިކަމާ އެކުގައެވެ.

ފިތުރު ޢީދާ ގުޅުވައިގެން ޢީދު ބަންދުގެ ތެރޭގައި ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ވެސް ޚާއްޞަ ހަރަކާތްތަކެއް މިނިސްޓްރީން ވަނީ އިންތިޒާމުކޮށްފައެވެ. މި ގޮތުން، ޢީދު ދުވަހުގެ ތަފާތު ކުޅިވަރުތަކުގެ އިތުރުން، ޕިކްނިކް ދަތުރެއް ވެސް ހިމެނޭ އިރު، ބައެއް ހަރަކާތްތަކުގައި މިނިސްޓަރ ޒެނީޝާ ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

Photo 6

ތަފާތު ސަބަބުތަކާ ގުޅިގެން ދަޢުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި މިވަގުތު ޖުމްލަ 136 ކުދިން ދަނީ ބަލަހައްޓަމުންނެވެ. މި ގޮތުން، ފިޔަވަތި މަރުކަޒުގައި 13 އަހަރުން ދަށުގެ 87 ކުދިން އަދި ކުޑަކުދިންގެ ހިޔާ އަދި އަމާން ހިޔާގައި 13 އަހަރާއި 18 އަހަރާއި ދެމެދުގެ 49 ކުދިން މި ވަގުތު ދަނީ ދިރިއުޅެމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.