އޭޑީކޭ ސިނަރޖީ އިން ބޭއްވި 100K ޗެލެންޖު 38 ބައިވެރިން ފުރިހަމަކޮށްފި

އޭޑީކޭ ސިނަރޖީ އިން ބޭއްވި 100K ޗެލެންޖު 38 ބައިވެރިން ފުރިހަމަކޮށްފިއެވެ.

މި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ބޭއްވި މި ޗެލެންޖުގައި އޭޑީކޭ ކުންފުނީގެ 50 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހުޅުމާލޭގައި ރޭ ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ޗެލެންޖު ފުރިހަމަކުރި ބައިވެރިންނަށް މެޑަލް ޙަވާލުކޮށްދެއްވީ އޭޑީކޭ ކޮމްޕެނީގެ ޗެއަރމަން އަޙްމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެވެ.

މި ޗެލެންޖުގައި މުޅިން އަލަށް ދުވާ މީހުންވެސް ބައިވެރިވެފައިވާ އިރު، އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި އޭޑީކޭ ކޮމްޕެނީގެ އިސްމަޤާމުތަކުގެ މުއައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.

މިއީ އޭޑީކޭ ކޮމްޕެނީގައި މަސައްކަތްކުރާ ހުރިހާ މުއައްޒަފުންގެ މެދުގައި އުފައްދާފައިވާ އޭޑީކޭ ސިނަރޖީގެ މެމްބަރުންނަށް ހުޅުވާލައިގެން ބޭއްވި ޗެލެންޖެކެވެ.

މިފަދަ ޗެލެންޖެއް ބޭއްވުމުގެ މަޤުޞަދަކީ ދުޅަހެޔޮ ސިއްޙަތެއްގައި ބޭތިއްބުމަށް އެހީތެރިވެ ދިނުމާއި ދުވުމަކީ ސިއްޙަތަށް ފައިދާހުރި ކަމެއްގެ ގޮތުގައި އަންގައިދިނުމެވެ. އަދި ދުވުންތެރިން އުފެއްދުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.