ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުޞަތު މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ހުޅުވާލައިފި

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުޞަތު މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 13 ވާ ބުދަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 12:00 އަށާއި މެންދުރު 13:00 އިން ހަވީރު 14:30އަށް އަދި ރޭގަނޑު 20:30 އިން 22:30 އަށް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފިތުރު ޒަކާތް ބަލައިގަންނާނީ އެބަޔަކު އަހަރު ތެރޭގައި ޢާންމުކޮށް ކައިއުޅުނު ބާވަތަކުން ކަމަށާއި އެ ބާވަތަކުން ދައްކަން ޖެހޭނީ 2.4 ކިލޯ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި ޒަކާތް ބަލައިގަންނާނީ އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއިން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ޒަކާތުގެ ގޮތުގައި ބަލައިގަންނަ ގޮވާމުގެ ބާވަތްތައް އަންނަ ބުދަ ދުވަހު ބަހަން ފަށާނެ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.